ވޮލީ ލެޖެންޑް ކޮއްކޮގެ ޖަނާޒާ މިރޭ
އާމިނަތު ޝަފާ
21 ޑިސެމްބަރު 2025 - 15:04

ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް (ކޮއްކޮ) ނިޔާވެއްޖެއެވެ.
އެނގިފައިވާގޮތުގައި އުމުރުން 48 އަހަރުގެ ކޮއްކޮ ނިޔާވީ، ގިނަ ދުވަސްތަކެއް ވަންދެން ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

Ad by Hajj Corporation
ކޮއްކޮގެ ޖަނާޒާ އޮންނާނީ މިރޭ 23:30 ގައި އާސަހަރާގައެވެ.
މެދުނުކެނޑި 20 އަހަރު ގައުމީ ވޮލީ ބޯޅަ ޓީމަށް ތަފާތު ގިނަ މުބާރާތްތަކެއް ކުޅެދީފައިވާ ކޮއްކޮ ވޮލީބޯޅައިގެ ތެރެއަށް ނިކުމެފައިވަނީ ވެލެންސިއާއިންނެވެ.
ވޮލީގެ އެންމެ ފޯރިގަދަ ދުވަސްވަރު ހަވީރު ނޫހުން ހޮވި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ކޮއްކޮ ވަނީ ހޯދާފައެވެ.


