ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނާ މީހުންނަށް މެމްބަރު ފަރުހަތުގެ ރައްދެއް!
22 ޑިސެމްބަރު 2025 - 11:10

ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތް ކަމަށް ބުނާ މީހުންނަށްރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު ފަރުޙަތު މުޙައްމަދު ރައްދުދެއްވައިފިއެވެ.
މެންބަރު ފަރުޙަތު މުޙައްމަދު ވަނީ މިރާއްޖޭގައި ފުރީޑަމް އޮފް ސްޕީޗް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނެތްކަމަށް ބައެއް މީހުން ބުނަނީ ކޮން ގޮތަކަށްތޯ ސުވާލު އުފައްދަވާފައެވެ.

Ad by Hajj Corporation
މެންބަރު ފަރުޙަތު މުޙައްމަދު ވިދާޅުވި ގޮތުގައި، ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ އަދި އެމަނިކުފާނުގެ ކެބިނެޓް ރައްޔިތުންގެ ކުރިމަޗަށް ވަޑައިގެން ރައްޔިތުން ބޭނުން ހިޔާލެއް ބޭނުން ޝުއޫރެއް ފާޅުކުރެއްވުމަށް އެގެންދަވަނީ ފުރުޞަތު ދެއްވަމުންނެވެ. އަދި ރައްޔިތުންގެ ޝުއޫރާއި ހިޔާލުތަކާއި ރައްޔިތުންގެ ސުވާލުތަކަށް ރައީސް އެގެންދަވަނީ ވަރަށް ކެއްތެރިކަމާއި އޯގާތެރިކަމާއި އެކު ޖަވާބު ދާރީވަމުންނެވެ.
މިއީ މީގެކުރިސް ދިވެހި އެއްވެސް ރައްޔިތަކަށް ލިބުނު ފުރުޞަތެއްނޫން ކަމަށާއި މި ކަމުންވެސްގެ އެނގެނީ މިތަނުގައި ފުރީޑަމް އޮފް ސްޕީޗް ތައްމިނަށް އޮތްކަން ކަމަށް މެމްބަރު ފަރުހަތު ފާހަގަކުރެއްވިއެވެ.
އޭނާ މިފަދައިން ވިދާޅުވިއިރު، މާލޭގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ބާއްވަވަމުން ގެންދަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ -1 ގައި ދިރިއުޅޭ ރައްޔިތުންނާ ރޭ ވަނީ ބައްދަލުކުރައްވާފައެވެ.
ސަރުކާރު ހިންގުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅިއާއި މާފަންނުގެ އިތުރަށް ހެންވޭރުގެ ރައްޔިތުންނާ ވެސް އެމަނިކުފާނު މިހާރު ވަނީ ބައްދަލުކުރައްވާފައެވެ.
އެފަހުން ގަލޮޅު ރައްޔިތުންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ވަނީ ބައްދަލުކުރައްވާފައެވެ.
އަދި މިދިޔަ ބުރާސްފަތި ދުވަހު ރައީސް ވަނީ ހުޅުމާލެ - 2 ގެ ރައްޔިތުންނާ ވެސް ބައްދަލުކުރައްވާފައެވެ.
މީގެ އިތުރުން ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި ޑަބްލިޔުޑީސީތަކާ ރައީސް ވަނީ ބައްދަލުކުރައްވައި ޚިޔާލާއި މަޝްވަރާ ހޯއްދަވާފައެވެ.


