logo
Bank of Maldives

Bank of Maldives

ޚަބަރު

މާލެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ޝަކުވާތަކެއް، ފިޔަވަޅު އަޅާނަން: އީއާރްއޭ

އާމިނަތު ޝަފާ
23 ޑިސެމްބަރު 2025 - 05:12
މާލެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ޝަކުވާތަކެއް، ފިޔަވަޅު އަޅާނަން: އީއާރްއޭ

މާލެ އަތޮޅުގައި ހިންގާ ފަޅު ހިއްކުމާއި ފުންކުރުމުގެ މަޝްރޫޢުތަކާ ގުޅިގެން ގިނަ ޝަކުވާތަކެއް ލިބެމުން އަންނަކަމަށް އެންވަޔަރަމަންޓަލް ރެގިއުލޭތަރީ އޮތޯރިޓީ- އީއާރްއޭ އިން ބުނެފިއެވެ.

އެ އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަހައްދު ހިއްކުމާއި ފުންކުރުމުގެ ގަވާއިދުގެ ދަށުން އެ އޮތޯރިޓީއިން ހުއްދަ ދީގެން މާލެ އަތޮޅުގައި ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޝަކުވާތަކުގެ ތެރޭގައި، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެއްނެތި މަސައްކަތް ކުރުމާއި، ވެލި ނެގުމަށް ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުގައިވެސް މަސައްކަތް ކުރަމުންދިއުން ފަދަ ކަންކަން ހިމެނޭކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.

އީއާރްއޭ އިން ބުނީ ހުށަހެޅިފައިވާ ޝަކުވާތައް ބަލައި، މަޝްރޫޢުތައް މޮނިޓަރ ކުރަމުންދާކަމަށާއި އަދި ހުއްދަތަކާ ހިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

ވުމާއެކު މަޝްރޫޢުތައް ހިންގަމުންދާއިރު އެ އޮތޯރިޓީން ފާސްކޮށްފައިވާ ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓުތަކާއި އަދި ދޫކޮށްފައިވާ ހުއްދަތަކާ އެއްގޮތަށް މަސައްކަތްކުރުމަށް އީއާރްއޭ އިންވަނީ އިލްތިމާސްކޮށްފަައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލެ އަތޮޅުގައި ހިންގާ ބިން ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން ޝަކުވާތަކެއް، ފިޔަވަޅު އަޅާނަން: އީއާރްއޭޚަބަރު | 3 ގަޑިއިރު ކުރިން