logo
Bank of Maldives

Bank of Maldives

ޚަބަރު

ވިހާ ކުދިންގެ އަދަދު މަދުވެ 2052 އިން ފެށިގެން ރާއްޖެ ވާނީ "ސުޕަ އޭޖްޑް" ގައުމަކަށް: ރިޕޯޓް

ޒިދާން މުޙައްމަދު
26 ޑިސެމްބަރު 2025 - 16:18
ވިހާ ކުދިންގެ އަދަދު މަދުވެ 2052 އިން ފެށިގެން ރާއްޖެ ވާނީ "ސުޕަ އޭޖްޑް" ގައުމަކަށް: ރިޕޯޓް

ވިހާ ކުދިންގެ އަދަދު މަދުވެ 2052 އިން ފެށިގެން ރާއްޖެ ވާނީ "ސުޕަ އޭޖްޑް" ގައުމަކަށް ކަމަށް ރިޕޯޓެއްގައި ލަފާކޮށްފިއެވެ.

މިގޮތަށް ލަފާކޮށް މިކަން ފާހަގަކޮށްފައި ވަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ނެރުނު "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062"ގެ ރިޕޯޓުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގައި ވިހާ ކުދިންގެ އަދަދު މަދުވެ، 2052 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީ ވަރަށް ބޮޑަށް އިތުރުވާނެއެވެ.

މިއާއެކު، ރާއްޖެ "ސުޕަ އޭޖްޑް" ގައުމަކަށް ވާނެ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެހާތަނުން ކޮންމެ ހަތަރު ދިވެއްސެއްގެ ތެރެއިން އެކަކު ވާނީ އުމުރުން ދުވަސްވީ މީހަކަށެވެ.

2022 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، ރާއްޖޭގެ އުމުރުން ދުވަސްވީ މީހުންގެ އާބާދީއަކީ 20،000އެވެ.

"މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2022-2062"ގެ ރިޕޯޓުގައި ބުނި ގޮތުގައި، 2062 ވަނަ އަހަރު އުމުރުން ދުވަސްވީ މީހުންގެ އާބާދީ 120،000 އަށް ވުރެ މައްޗަށް ދާނެއެވެ. އަދި އޭގެ ތެރޭގައި ގިނަވާނީ 80 އަހަރުން މަތީގެ މީހުންނެވެ.

މަސައްކަތްކުރާ އުމުރުފުރާ، 2045 ވަނަ އަހަރުން ފެށިގެން ބޮޑަށް ބަރޯސާ ވާނީ ވެސް އުމުރުން ދުވަސްވީ މީހުންނަށް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިހާ ކުދިންގެ އަދަދު މަދުވެ 2052 އިން ފެށިގެން ރާއްޖެ ވާނީ "ސުޕަ އޭޖްޑް" ގައުމަކަށް: ރިޕޯޓްޚަބަރު | 2 ގަޑިއިރު ކުރިން