logoEN
ޚަބަރު

އޮޕަރޭޝަން "ހިރާސް" ގެ ދަށުން 372 ތަން ބަލައި ފާސް ކޮށްފި

މަރިޔަމް ޔަނާ އަލީމަރިޔަމް ޔަނާ އަލީ

07 އޮކްޓޯބަރު 2024 - 15:25

އޮޕަރޭޝަން "ހިރާސް" ގެ ދަށުން 372 ތަން ބަލައި ފާސް ކޮށްފިއެވެ.

މި ހަރަކާތުގައި ކެމިކަލް ރައްކާކުރާ 47 ގުދަނާއި، ކެމިކަލް ވިއްކާ 24 ފިހާރަ ބަލާ ފާސް ކޮށްފައިވެއެވެ.

View post on Twitter

މި އޮކްޓޯބަރ މަހުގެ 1 ން 15 ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އޮޕަރޭޝަނުގައި، ކެމިކަލް ރައްކާކުރާ ތަންތަނާއި ވިޔަފާރިކުރާ ތަންތަން ހިންގަނީ ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް އެތަންތަނަށް ޒިޔާރަތްކުރުމުގެ އިތުރުން، ގްރޭޓަރ މާލެ ސަރަހައްދުގައި ފަސޭހައިން އަލިފާން ރޯވާ ފަދަ ތަންތަނާއި އެ ތަންތަނުގައި ހުރި ހިރާސްތައް ދެނެގަތުމުގެ މަސައްކަތްކުރާނެއެވެ.ދިވެހިރާއްޖެއަށް އެކިބޭނުންތަކުގައި އެތެރެކުރާ ނުރައްކާތެރި ކެމިކަލް އެތެރެކުރުމުގެ ހުއްދަދިނުމާއި، އެފަދަ ކެމިލްތައް ގުދަންކޮށް ރައްކާކުރުމަކީ ދިފާއީ ވުޒާރާއިން ރެގިއުލޭޓްކުރާކަމެކެވެ. މިކަމަކީ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ތަންފީޒު ނުކުރެވޭ ކަމެއްނަމަ މި ފަދަ ކަންކަމަކީ އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތަކަކަށް ރައްޔިތުން ހުށައެޅިގެން ދާ ދޮރެއް ކަމަށް ވެސް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder