logo
Bank of Maldives

Bank of Maldives

ޚަބަރު

މާލީ ބަގާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ތަހުގީގުކުރަނީ

އަބްދުﷲ ޖަޒްލާންއަބްދުﷲ ޖަޒްލާން
26 އޯގަސްޓު 2024 - 16:20
ދިވެހި ފުލުހުންގެ ޚިދުމަތް --- ފޮޓޯ/ އަވަސް
ދިވެހި ފުލުހުންގެ ޚިދުމަތް --- ފޮޓޯ/ އަވަސް

އާދިއްތަ ދުވަހު ބޭންކުގެ ކާޑު ލިމިޓަށް ގެނައި ބަދަލާ ގުޅިގެން އެއީ "މާލީ ބަގާވާތެއް" ކުރަން އުޅުން ކަމަށްބުނެ އެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާއި ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުމެއް ނިންމި ވަގުތާއި ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާއި ބެހޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހަމަ އެވަގުތު މީސްމީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލުމަށް މަގުތަކަށް ނިކުތުމަށާއި އާއްމު ހަމަޖެހުން ނަގާލުމަށް ގޮވައި ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާތީ މިކަމަކީ ގާނޫނީ ސަރުކާރެއް ޢައިރު ގާނުނީ ކޮށް ބަދަލުކޮށްލުމަށް ކުރެވިގެންދިޔަ ކަމެއް ކަމަށްް ބެލުމުގެ ޖާގަ އޮތުމުން މި މައްސަލަ ދިވެހި ފުލުހުން ތަޙުޤީގު ކުރަން ވަނީ ފަށާފައެވެ.

މިރޭ ޕީ.އެން.ސީ ހަރުގޭގައި ބޭއްވި ބައްދަލުވުމުގައި މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ، ރައްޔިތުން، ބޭންކު ކާޑަށް ބަރޯސާވާއިރު މިގޮތަށް ކަން ކުރުމަކީ މާލީ ބަގާވާތެއް ކަމަށެވެ.

"ރައްޔިތުން އާމްދަނީ ހޯދަމުން ދާ ސޯސް މިއަދު ބޭންކަށް މި އޮންނަނީ ބަރޯސާވެފައި، އެކާޑަށް މި އޮންނަނީ ބަރޯސާވެފައި، ކިޔަވާ ކުދިން މި އޮންނަނީ އެ ކާޑަށް ބަރޯސާވެފައި، ކުދި ވިޔަފާރިތައް ކުރާ ފަރާތްތައް އެކާޑަށް ބަރޯސާވެފައި މި އޮންނަނީ މި ގޮތަށް އިރު އަރާފައި ސަރުކާރުގެ ނުރުހުމާއެކީ އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ އެއީ ބަގާވާތުގެ ބައިވެރިން" ޝިޔާމް ވިދާޅުވިއެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިއާއުގެ މަރު: ދެ ދައުވާއެއް ސާބިތު، ޝާހިލްއަށް ތިން އަހަރުގެ ޖަލު ހުކުމެއްޚަބަރު | ދުވަހެއް ކުރިންއިލެކްޓްރިކް އުޅަނދުތަކުގެ ނަންބަރު ބޯޑު އާ ގަވާއިދަށް ބަދަލުކުރަން ބާކީ އެއް މަސްދުވަސް: ފުލުހުންޚަބަރު | ދުވަހެއް ކުރިންނިމިދިޔަ މަހު ވޭޕާއި ގުޅުންހުރި މައްސަލަތަކުގައި 407,000 ރުފިޔާގެ ޖޫރިމަނާޚަބަރު | 2 ދުވަސް ކުރިން4 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލައެއްގައި ހަތަރު މީހަކު ހައްޔަރުކޮށް އިތުރު މީހަކު ހޯދަނީޚަބަރު | 3 ދުވަސް ކުރިން