logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނަށް ދީފައިވާ ރޭގަނޑު 8 ޖެހުމުގެ ސުންގަޑި ހަމަވުމާއެކު ހަމަލާތައް ފަށާނެ ކަމަށް ޓްރަމްޕް ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޭޕްރީލު 2026 - 19:50
 އީރާނަށް ދީފައިވާ ސުންގަޑި ހަމަވުމާއެކު ހަމަލާތައް ފަށާނަން: ޓްރަމްޕް

އީރާނާ އެކު އެއްބަސްވުމަކަށް ނާދެވި، އެމެރިކާގެ ރަސްމީ ގަޑިން ރޭގަނޑު 8 ޖެހުމުގެ (ރާއްޖޭ ގަޑިން މާދަމާ ހެނދުނު 5 ޖަހާއިރު) ސުންގަޑި ހަމަވެއްޖެ ނަމަ، އެ ގައުމަށް ދޭން ނިންމާފައިވާ ހަމަލާތައް ކުރިއަށްދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެއެވެ.

ފޮކްސް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، "8 ޖެހުމުގެ ވަގުތު ކައިރިވަމުން އަންނަ" ކަމަށާއި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކަންކަން ކުރިއަށްދާ ކަމަށެވެ. އަދި ސުންގަޑި ހަމަވުމުން، "އީރާނުން ދުވަހަކުވެސް ތަޖުރިބާކޮށްފައި ނުވާ ފަދަ ވަރުގަދަ ހަމަލާއެއް" ދޭނެ ކަމުގެ އިންޒާރުވެސް އޭނާ ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، އެ މުހުލަތު އިތުރުކޮށްދިނުމަކީ "ވެދާނެ ކަމެއް ނޫން" ކަމަށް ހޯމަ ދުވަހު ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވީ، މަޝްވަރާ ކުރުމަށް އީރާނަށް އެކަށީގެންވާ ވަގުތު ލިބިފައިވާ ކަމަށެވެ. ނަމަވެސް، މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިއްޖެ ނަމަ ނިންމުން ބަދަލުވުމުގެ ފުރުސަތު ކުޑަކޮށް އޮތް ނަމަވެސް، މިހާރުވެސް ރޭވުންތަކާ އެއްގޮތަށް އަމަލީ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޓްރަމްޕްގެ 'ޓްރުތު ސޯޝަލް' ޕްލެޓްފޯމުގައި ލިޔުއްވާފައިވަނީ، "މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ" ކަމަށާއި، އަދި އެއީ "ދުވަހަކުވެސް އިއާދަނުކުރެވޭނެ ފަދަ ބޮޑު ހަލާކެއް" ކަމަށެވެ.

ޓްރަމްޕް މި ސުންގަޑި ކަނޑައެޅީ، ހޯރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި، އެމެރިކާ ބޭނުންވާ ފަދަ އެއްބަސްވުމަކަށް އީރާނުން ނައިސްފި ނަމަ، އެ ގައުމުގެ ހުރިހާ ފާލަންތަކާއި އިންޖީނުގެތައް ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރާ އެކުގައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 1،340 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އޭގެ ތެރޭގައި އީރާނުގެ އޭރުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވައެވެ. މި ހަމަލާތަކުގެ ރައްދުގައި އީރާނުން ދަނީ އިސްރާއީލާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމެރިކާއާ ނުލައި ހޯރްމޫޒް އަލުން ހުޅުވާލުމުގެ މަޝްރޫއެއް ޔޫރަޕްގެ ގައުމުތަކުން ފަށަނީދުނިޔެ | 2 ދުވަސް ކުރިންހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައި: ޓްރަމްޕްދުނިޔެ | 3 ދުވަސް ކުރިންހުރިހާ އުޅަނދަކަށް ދަތުރުކުރެވެންދެން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރާނެކަމުގެ އިންޒާރުދުނިޔެ | 5 ދުވަސް ކުރިން21 ގަޑިއިރަށް ދެމިގެންދިޔަ އީރާން-އެމެރިކާގެ ސުލްހައިގެ ވާހަކަތައް ނާކާމިޔާބުވެއްޖެދުނިޔެ | 6 ދުވަސް ކުރިން