logoEN
ޚަބަރު

45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުގެންދެވޭ ގޮތަށް އޮތް އުސޫލު ބަދަލުކުރަނީ

އުމްރާއަށްދާ ބަޔަކު // ފޮޓޯ: މިނިސްޓްރީ

އުމްރާއަށްދާ ބަޔަކު // ފޮޓޯ: މިނިސްޓްރީ

އާމިނަތު ސަފާއާމިނަތު ސަފާ

12 އޮކްޓޯބަރު 2024 - 14:05

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކުރި އުމްރާއަށް މީހުން ގެންދިއުމާއި ގުޅޭ އުސޫލުގައިވާ، 45 އަހަރު ނުވާ އަންހެނުން މަހުރަމަކާއި ނުލާ އުމްރާއަށް ނުދެވޭ ގޮތަށް އޮތް މާއްދާ އުވާލެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މުހައްމަދު ޝަހީމް އަލީ ސައީދު އަންގަވައިފިއެވެ.

މި މާއްދާއަކީ 2022 ވަނަ އަހަރު އާއްމުކޮށް ޢަމަލު ކުރަމުން އައި އުސޫލުގައިވެސް ހިމެނިފައިވާ މާއްދާއެކެވެ. ނަމަވެސް މި މާއްދާ އާ އުސޫލުން އުނިކުރެއްވުމަށް ވަޒީރު އަންގަވާފައިވަނީ ސަޢުދީ ޢަރަބިއްޔާއިން ކުރިން ޢަމަލު ކުރަމުން އައި އުސޫލު ދާދިފަހުން ބަދަލުކުރައްވާ އަންހެނުންނަށް މަޙުރަމަކާއި ނުލާ އުމްރާ ކުރަން ދެވޭނެ ގޮތަށް ބަދަލުކުރައްވާފައިވާތީއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާއްމުކުރި ޢުމްރާއަށް ގެންދިއުމާއި ގުޅޭ އާ އުސޫލަކީ، ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އުމްރާއަށް މީހުން ގެންދިއުމަށް އެދި ޕްރޮޕޯސަލް ހުށައަޅާ ކުންފުނިތަކަށްވެސް ކުރިއަށްވުރެ ބޮޑުތަން ލުއި ވާނެ ގޮތަށް އެކުލަވާލާފައިވާ އުސޫލެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މީގެ ކުރިން އަހަރަކު ދެ ފަހަރު ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާ ގޮތަށް އޮތް އޮތުން ބަދަލު ކުރައްވާ، އަހަރުގެ ކޮންމެ ހިސާބެއްގައިވެސް އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މިހާރު ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

މީގެ އިތުރުން ޢުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ހޯދާ ފަރާތްތަކުން އުސޫލާއި އެއްބަސްވުމާއި ޚިލާފުވެއްޖެނަމަ ބޮޑެތި ޢަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތަށްވެސް އުސޫލަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

ކޮމެންޓް

871x217_placeholder