logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަން މެންޗެސްޓަރ ސިޓީއަށް އުނދަގޫ މޮޅެއް.

އަބްދުﷲ ޣާނިމް
20 އޮކްޓޯބަރު 2024 - 16:21
ސީޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް ފަހުވަގުތުގައި ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ފަބިރީޒިއޯ ރޮމާނޯ
ސީޓީގެ ޑިފެންޑަރ ޖޯން ސްޓޯންސް ފަހުވަގުތުގައި ގޯލު ޖެހުމަށްފަހު އުފާ ފާޅުކުރަނީ. ފޮޓޯ: ފަބިރީޒިއޯ ރޮމާނޯ

އިނގިރޭސި ޕްރީމިއަރ ލީގުގެ ޗެންޕިއަން މެންޗެސްޓަރ ސިޓީ ހަނިގޮތަކަށް ވުލްވްސް އަތުން މޮޅުވެއްޖެއެވެ. ސީޒަނުގައި މިހާތަނަށް ކުޅެވުނު އެއްވެސް މެޗަކުން މޮޅުވެފައިނުވާ ވުލްވްސް މެޗު ފެށިއިރުވެސް އޮތީ ތާވަލުގެ ފުލުގައެވެ. އަދި މެންޗެސްޓަރ ސިޓީ އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޓޭބަލްގެ 2 ވަނައިގައެވެ.

މެޗު ފަށައިގެން އެންމެ 7 މިނެތުޓެރޭގައި ވުލްވްސް އިން ވަނީ ސިޓީގެ ގޯލު ފޫއަޅުވާލާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ނޯވޭގެ ކުޅުންތެރިއެއް ކަމުގައިވާ ލާސަންއެވެ. އެހެންނަމަވެސް ސިޓީއިން ވަނީ 33 ވަނަ މިނެޓުގައި ގޯލެއްޖަހައި ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިގޯލް ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ ޑިފެންޑަރ ވާރޑިއޯލްއެވެ. މިއީ މި ސީޒަނުގައި ވާޑިއޯލް ކާމިޔާބު ކުރި 2 ވަނަ ގޯލެވެ. މެޗުގެ ބޮޑުބައެއް ކޮންޓްރޯލްކޮށްގެން ކުޅުނު ސިޓީއިން ވަނީ ޖުމްލަ 22 ޝޮޓު ހަދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވުލްވްސް ގެ މޮލިނާ ސްތޭޑިއަމްގައި ކުޅުނު މިމެޗުގައި މެންޗެސްޓަރ ސިޓީއިން ގޯލެއް ޖެހިޔަނުދީ 90 މިނެޓު ހިފަހަށްޓާލުމަށްފަހު، މެޗުގެ އިތުރުވަގުތުގައި ޓީމު މޮޅުކޮށްދިނީ އިންގްލެންޑުގެ ތަޖުރިބާކާރު ޑިފެންޑަރު ޖޯން ސްޓޯންސް ބޮލުން ޖަހައިދިން ގޯލަކުންނެވެ. މި މެޗުގައި އަނިޔާގެ ސަބަބުން ސިޓީގެ ތަޖުރިބާކާރު މިޑްފީލްޑަރ ކެވިން ޑިބްރޭން ނުކުޅެވުނެވެ. މި މެޗާއެކު މެންޗެސްޓަރ ސިޓީއިންވެފައިވަނީ ލީގުގައި އެއްވެސް މެޗަކުން ބަލިނުވާ ހަމައެކަނި ޓީމަށެވެ.

 މި މޮޅާއެކު ސިޓީއަށް ތާވަލުގެ އެއްވަނަ ލިބުނުނަމަވެސް މިރޭ ލިވަޕޫލާއި ޗެލްސީ ކުޅޭ މެޗުގައި، ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ތާވަލުގެ އެއްވަނައަށް އެނބުރި އައުމުގެ ފުރުސަތު ލިބޭނެއެވެ.  ސިޓީ ދެން ލީގުގައި ކުޅޭނީ މި މަހުގެ 26 ވަނަ ދުވަހު ސިޓީގެ އަމިއްލަ ދަނޑުގައި ސައުތްހެމްޓަން އާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަށި އުފުލާ އުފުލާ ވަރުބަލިވެ، ސިޓީއިން އާސެނަލަށް ލީގު ހަދިޔާކުރަނީކުޅިވަރު | 6 ދުވަސް ކުރިންސިޓީ މަޑުމަޑުން އައިސް އާސެނަލްގެ ކަރުގައި ހިފަނީ، ބާކީ ދެޕޮއިންޓްކުޅިވަރު | 17 ދުވަސް ކުރިންފުލަމް ބަލިކޮށް މެންޗެސްޓަރ ސިޓީން އާސެނަލްއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިކުޅިވަރު | މަހެއް ކުރިންގާއާޑިއޯލާގެ ސިޓީއިން އަނެއްކާވެސް ބޮނޑިބޮއެފިކުޅިވަރު | 2 މަސް ކުރިން