logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ

މެންދުރު ޓީމް
8 އޯގަސްޓު 2024 - 08:13
އެމްޑީޕީގެ އަސާސީ ޤަވާއިދަށް ބަދަލު ގެނައުމަށް މަސައްކަތް ފަށަނީ

އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނަށް އެ ޕާޓީގެ އެތެރޭގައި މަސައްކަތް ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި އަސާސީ ޤަވާއިދަށް ބަދަލު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ފައްޔާޟް މިހެން ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހަށް އަލަށް އިންތިޚާބުވި މެންބަރުންނާއެކު ރޭ ބޭއްވުނު އެޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ގިނަ މެންބަރުން ވަނީ މި ކަމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައްޔާޟް ވިދާޅުވި ގޮތުގައި މިހާރު އެމްޑީޕީގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި ޕާޓީގެ ހަރަކާތްތަކުގެ ތެރޭގައި ޕާޓީއަށް ނިސްބަތްވާ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ މެންބަރުންގެ މާ ބޮޑު ދައުރެއް ނެތެވެ. ނަމަވެސް މި ފަރާތްތަކުގެ ދައުރެއް ޕާޓީގެ ތެރޭގައި ބޭއްވުމަށްޓަކައި އަސާސީ ޤަވާއިދަށް އިޞްލާޙު ގެނައުމަށް ވަނީ ނިންމާފައެވެ.

"އަޅުގަނޑު ގެންނާނަން އަސާސީ ޤަވާއިދަށް ކުދިކުދި ބަދަލުތަކެއް ކައުންސިލަރުންނާއި އެއްކޮށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކާއި ޑަބްލިއުޑީސީ ޕާޓީގެ ސްޓްރަކްޗަރ ތެރެއަށް ވެއްދުމުގެ ޑްރާފްޓެއް،" ފައްޔާޟް ވިދާޅުވިއެވެ.

މި ބަދަލުތަކުގެ ސަބަބުން އެމްޑީޕީގެ އެތެރޭގެ ހިންގުމުގައި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންގެ ދައުރު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ބޭއްވި ޕެނަލް ޑިސްކަޝަންގައި މަސްތުގެ ހާލުގައި އިން މީހެއް ބައިވެެރިކުރުމުން ފާޑުކިޔުންޚަބަރު | 18 ގަޑިއިރު ކުރިންއެމްޑީޕީގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި ޚަބަރު | 5 ދުވަސް ކުރިންޚަރަދުކުޑަކޮށް އެތައް މަޝްރޫޢެއް ހިންގާތީ އެމްޑީޕީން އުޅެނީ ހިތަށް ކުޅަދާނަ ނުވެގެން: ސިނާންޚަބަރު | 6 ދުވަސް ކުރިންއެމްޑީޕީ ސަރުކާރުގެ ސިޔާސީ މުޒައްފުންގެ އަދަދު ވެސް އެ ޕާޓީގެ މުޒާހަރާއިން ދައްކާނުލެވުނު: ޙުސެއިން ޙަމީދުޚަބަރު | 10 ދުވަސް ކުރިން