logo
Bank of Maldives

Bank of Maldives

ޚަބަރު

އިޒްރޭލުން އީރާނަަށް ދިން ހަމަލާ ސައުދީން ވެސް ކުށްވެރިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
26 އޮކްޓޯބަރު 2024 - 14:45
އިޒްރޭލުން އީރާނަަށް ދިން ހަމަލާ ސައުދީން ވެސް ކުށްވެރިކޮށްފި

އިޒްރޭލުން އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ސައުދީ އަރަބިއާގެ ފޮރިން މިނިސްޓްރީން ބަޔާނެއް ނެރެފި އެވެ.

އިޒްރޭލުން ވަނީ ވައިގެ މަގުން އީރާނުގެ ވެރިރަށް ތެހެރާން ހިމެނޭހެން އެ ގައުމުގެ ސަރަހައްދުތަކަށް ހަމަލާދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަމަލާއާއި ގުޅިގެން ސައޫދީން ނެރުނު ބަޔާނުގައި، ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އަލްސައުދު ވަނީ އިޒްރޭލް އިން އީރާނަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފަ އެވެ.

މި ބަޔާނުގައި ބުނެފައިވަނީ އީރާންގެ ސިޔާދަތަށް އަރައިގަތުމާއި، ބައިނަލްއަގްވާމީ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ދިން މި ހަމަލާއާއި ގުޅިގެން ކަންބޮޑުވާ ކަމަށެވެ.

ސަރަޙައްދުގެ ހަމަޖެހުމާއި އިސްތިގުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ ހަނގުރާމަވެރި އަމަލުތައް ހުއްޓާލުމަށް މިބަޔާނުގައި ގޮވާލާފައިވާއިރު، މެދުއިރުމަތީގެ ގައުމުތަކާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ކޮންމެ ކަމަކަށް ސައުދީ ސަރުކާރުން ދެކޮޅު ހަދާނެ ކަމަށްވެސް ބަޔާނުގައި ސައޫދީން ބުނެފަވެއެވެ.

އިޒްރޭލުން އީރާނަށް އަމާޒުކޮށް ދިން އަސްކަރީ ހަމަލާތަކަކީ އީރާނުގެ އިސްތިގުލާލާއި ބައިނަލްއަގްވާމީ ޤާނޫނުތަކާ ޚިލާފު ހަމަލާތަކެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ދެކުނަށް އެމެރިކާއިން ދިން ހަމަލާތަކެއްގައި އެއް އާއިލާއެއްގެ ތިން މީހުން މަރުވެއްޖެދުނިޔެ | ދުވަހެއް ކުރިންހޮރްމުޒް ކަނޑުއޮޅީގެ ހަމަޖެހުން ގާއިމުކުރުމަށް ސަރަހައްދީ އެއްބާރުލުމަށް އީރާނުން ގޮވާލައިފިދުނިޔެ | 3 ދުވަސް ކުރިންއީރާނުގެ އާގުބޯޓަށް ޔޫކްރެއިނުން ދިން ހަމަލާއަކީ ޓްރަމްޕަށް ދިން މެސެޖެއްދުނިޔެ | 4 ދުވަސް ކުރިންރަތްކަނޑުން ދަތުރުކުރި ސައުދީގެ އާގުބޯޓަކަށް ހަމަލާދީފިދުނިޔެ | 8 ދުވަސް ކުރިން