logo
Bank of Maldives

Bank of Maldives

ޚަބަރު

އިންޑިޔާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ

އަޙްމަދު ޒަލީފް
28 އޮކްޓޯބަރު 2024 - 12:41
އިންޑިޔާއަށް ކަނޑައަޅާ ސަފީރަކަށް އަޒީމާ

ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް އާއިޝަތު އަޒީމާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

މަޖިލީހުން އަޒީމާއަށް ރުހުން ދީފައިވަނީ މި މަހުގެ 14ވަނަ ދުވަހު އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރަކަށް އަޒީމާ އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވުމާ ގުޅިގެންނެވެ.

ރާއްޖޭން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަސް އާއިޝަތު އާޒިމާ އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 79 މެންބަރުންގެ ވޯޓުންނެވެ.

އަޒީމާއަށް ރުހުން ދިނުމުގެ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ދިރާސާކޮށްފައިވާއިރު، އަޒީމާގެ ވަނަވަރަށް ބަލާއިރު، ތަޢުލީމާއި ތަޖުރިބާގެ އަލީގައި ގާބިލު ބޭފުޅެއްކަން ސާފުވާތީ އިންޓަވިއު ކުރުމެއްނެތި ކޮމިޓީން ވަނީ އޭނާ އައްޔަން ކުރުމަށް ރުހުންދީފައެވެ.

އިންޑިއާއަށް ކަނޑައަޅުއްވާ ސަފީރުކަމަށް ޢަޒީމާ އައްޔަންކުރަން ފެންނަ ކަމަށް ކޮމިޓީން ފާސްކޮށްފައިވަނީީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޝާ ބޯސްލޭ މަރުވެއްޖެޚަބަރު | 11 ދުވަސް ކުރިންރާއްޖެއާ އިންޑިއާ އިން ޓީއާރްއޯ ގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިންއިންޑިއާގައި މުސްލިމު އަންހެނަކު ތަނބެއްގައި ބަނދެ، މަޖުބޫރުން ރަލާއި ކުޑަކަމުދާ ތަކެތި ބޯންދީ މަރާލައިފިޚަބަރު | މަހެއް ކުރިންއަނަންތަޕޫރީ ހޮސްޕިޓަލުން، މޯލްޑިވިއަންގެ ޕަސިންޖަރުންނަށް ޑިސްކައުންޓް ލިބޭ ފަހުމުނާމާއެއްޚަބަރު | 2 މަސް ކުރިން