logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެންހާގް ވަކިކޮށްފި.

އަބްދުﷲ ޣާނިމް
28 އޮކްޓޯބަރު 2024 - 14:08
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެން ހާގް. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ
މެންޗެސްޓަރ ޔުނައިޓެޑުގެ ކުރީގެ ކޯޗު ޓެން ހާގް. ފޮޓޯ: ފަބްރީޒިއޯ ރޮމާނޯ

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމުން އެރިކް ޓެން ހާގް ވަކިކޮށްފިއެވެ. އޭނާ ވަކިކުރީ މި ސީޒަނުގައި މެންޗެސްޓަރ ޔުނައިޓެޑުން ނެރެމުންދާ ދަށް ނަތީޖާކާއި ގުޅިގެން ކޯޗުކަމުން ވަކިކޮށްފާނެ ކަމުގެ ބިރުހީވެފައިވަނިކޮށް މި އާދީއްތަ ދުވަހު ވެސްޓްހެމްއާ ކުޅުނު މެޗުން 2-1 އިން ބަލިވުމާ ގުޅިގެންނެވެ.

މި ސީޒަންގައި ޔުނައިޓެޑްގެ ފަރާތުން ނެރެމުން ގެންދިޔައީ ދަށް ނަތީޖާތަކެކެވެ. އެގޮތުން ޔުނައިޓެޑް މިސީޒަނުގައި މިހާތަނަށް ކުޅުނު 9 މެޗުން ކާމިޔާބުކުރެވިފައިވަނީ އެންމެ 3 މެޗެވެ. އަދި މިހާރު ޕްރިމިއަރ ލީގުގެ ތާވަލުގައި ޔުނައިޓެޑް އޮތީ 14 ވަނައިގައެވެ. މިއީ ރެލިގޭޝަން ޒޯނާ ހަމައެކަނި 7 ޕޮއިންޓްގެ ފަރަގެކެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި ޓެން ހާގް ހަވާލުވިފަހުން ޔޫރަޕުގައި އެންމެފަހުން ކުޅުނު 11 މެޗުތެރެއިން ކާމިޔާބު ކުރެވިފައިވަނީ އެންމެ މެޗެކެވެ. ފާއިތުވި 8 މެޗުން ޔުނައިޓެޑްއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ މެޗެކެވެ. އަދި މުޅި ސީޒަންގައި ކުޅުނު 9 މެޗުން ޖަހާފައިވަނީ އެންމެ 8 ލަނޑެވެ. މިއާއެކު ޔުނައީޓެޑު ވަނީ 90/1989 ސީޒަންގެ ފަހުން އެޓީމު ސީޒަނެއް ފެށި އެންމެ ދަށް ރިކޯޑް ހަދާފައެވެ. މިކަންކަމަށް ރިއާޔަތްކޮށް ސަޕޯޓަރުންގެ ޕްރެޝަރާހެދި ކޯޗު ވަކިކުރިކަން މިއަދު ހެނދުނު ޓެން ހާގްއަށް ވަނީ ރަސްމީކޮށް އަންގާފައެވެ.

މީގެ ތިން އަހަރުކުރިން ޔުނައިޓެޑްގެ ކޯޗުކަމާ ޓެން ހާގް ހަވާލުވިފަހުން އެޓީމަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 2 ތައްޓެވެ. އެއީ އެފް އޭ ކަޕަކާއި އިނގިރޭސި ފުޓުބޯޅަ ލީގު ކަޕެވެ.

ޓެން ހާގްގެ ބަދަލުގައި ވަގުތީގޮތުން ޓީމު ބަލަހައްޓާނީ ކުރީގެ ޔުނައިޓެޑް ސްޓްރައިކަރު ރޫޑް ވެން ނިސްތްރޯއިއެވެ. އޭނާ މި އަހަރުގެ ކުރީކޮޅު ވަނީ ކްލަބުގެ ކޯޗިންގ ސްޓާފާ ގުޅިފައެވެ. ބުދަ ދުވަހު ލީގު ކަޕްގައި ލެސްޓަރއާ ކުޅޭ މެޗުގައި ޓީމު މެނޭޖްކުރާނީ ވެން ނިސްތްރޯއި އާއި މިހާރުގެ ކޯޗިންގ ސްޓާފެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔުނައިޓެޑް ދުއް އެންމެ ދަށް ކޯޗަށް ވަޒީފާ ސަލާމަތްކުރުމަށް ބާކީ ތިންމެޗުކުޅިވަރު | 17 ގަޑިއިރު ކުރިންސިޓީއިން މެންޗެސްޓަރ ޔުނައިޓެޑްގެ އަސްލު މަޤާމަށް ފޮނުވާލައިފިކުޅިވަރު | 3 ދުވަސް ކުރިންސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 6 ދުވަސް ކުރިންޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | 10 ދުވަސް ކުރިން