logo
ކުޅިވަރު

އިނގިރޭސި ޕްރީމިއަރ ލީގު: ނިއުކާސަލް އިން އާސެނަލް ހަމަބިމަށް ތިރިކޮށްފި

އަބްދުﷲ ޣާނިމް
2 ނޮވެމްބަރު 2024 - 17:13
އާރސެނަލްގެ ކޮޅަށް އިސާކް ޖެހި ގޯލު. ފޮޓޯ: ނިއުކާސަލް
އާރސެނަލްގެ ކޮޅަށް އިސާކް ޖެހި ގޯލު. ފޮޓޯ: ނިއުކާސަލް

އިނގިރޭސި ޕްރީމިއަރ ލީގުގައި ރޭގައި އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗުގައި ނިއުކާސަލް އިން އާސެނަލް ބަލިކޮށް އެޓީމު ހަމަބިމަށް ތިރިކޮށްފިއެވެ. މި ބައްޔާއެކު ސީޒަން ފެށިގެން ރަނގަޅުކުޅުމެއް ދައްކަމުން އައި އާސެނަލް އަށް ލިގުގައި އެންމެ ފަހުން ކުޅުނު ތިންމެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ނިއުކާސަލްގެ ޖޭމްސް ޕާކުގައި ކުޅުނު މިމެޗުން އާސެނަލް ބަލިވެފައިވަނީ 1-0 އިން ނެވެ. މި މެޗުގައި ޖެހި ހަމައެކަނި ގޯލުޖަހާދީފައިވަނީ މެޗުގެ ކުރީކޮޅު ނިއުކާސަލް ޓީމުގެ މެއިން އެޓޭކަރ އިސާކް އެވެ. މި ގޯލް ޖަހާފައިވަނީ ގޯޑަން ނެގި ހުރަހަކުން އިސާކް ބޮލުން ޖެހިބޯޅަ ގޯލު ދާގަނޑުގެ މަތީކައިރިއަށް ފޫއަޅުވާލި ބޯޅައަކުންނެވެ. މިއީ ނިއުކާސަލް އެންމެ ފަހުން ލީގުގައި ކުޅުނު 6 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މެޗުގައި އާސެނަލްގެ ފަރާތުން ފެނިފައިވަނީ ދަށް ކުޅުމެކެވެ. އެގޮތުން މެޗުގެ 90 މިނެޓު ހަމަވިއިރު އާސެނަލް އަށް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ބޯޅައެކެވެ. މި ބައްޔާއެކު ބޮޑު އުއްމީދުތަކާއެކު ލީގު ހޯދުމަށް ނިކުތް އާސެނަލް އަށް ލީގު ތަށި ހޯދުމަށް ބޮޑެތި ހުރަސްތަކަކާ ކުރިމަތިވާނެއެވެ.

މި މެޗުގެ ނަތީޖާއާއެކު އާސެނަލް ވަނީ މި ހަފްތާބަންދުގައި ކުޅެވޭ އެހެން މެޗުތަކުގެ ނަތީޖާ އަންނަ ގޮތަކުން ތާވަލުގެ 6 ވަނައަށް ވެއްޓީދާނެކަމުގެ ބިރުހީވެފައެވެ. އަދި މި މޮޅާއެކު ނިއުކާސަލް އިން ވަނީ 15 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައަށް އަރާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 9 ގަޑިއިރު ކުރިންސެޓްޕީސް އެފްސީ ހިލޭޖެހުމެއްގެ ދަށުވެ ސައިޒަށްކުޅިވަރު | 12 ދުވަސް ކުރިންކިތަންމެ ވަރަކަށް ލާރިއެޅިޔަސް ގާޑިއޯލާ ފުލުފުލުގައި ބަލިކުޅިވަރު | 12 ދުވަސް ކުރިންވީއޭއާރުގެ މަދަދާއެކު ޗެލްސީ ކުރިޔަށް، ގަރނަޗޯ ބްރިޖްގައި ހެވިފައިކުޅިވަރު | 13 ދުވަސް ކުރިން