logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ކުޅިވަރު

ޔުއޭފާ ޗެމްޕިއަންސް ލީގު: ދުނިޔޭގެ އެންމެ ކާމިޔާބު ދެ ކުލަބުގެ ކުރިމަތިލުން މިރޭ

އަބްދުﷲ ޣާނިމް
5 ނޮވެމްބަރު 2024 - 06:05
ޔޫރަޕުގެ އެންމެ ކާމިޔާބު ދެ ކުލަބު މިރޭ ކުޅޭނެ.
ޔޫރަޕުގެ އެންމެ ކާމިޔާބު ދެ ކުލަބު މިރޭ ކުޅޭނެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޔޫރަޕިއަން ފުޓްބޯޅައިގެ ތާރީޚުގައި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ރިއަލް މެޑްރިޑް އަދި އޭސީ މިލާން ވާދަކުރަން ތައްޔާރުވަމުންދެއެވެ. ފަހަކަށް އައިސް ޔޫރަޕުގައި އޭސީ މިލާނަށް ކާމިޔާބުތަކެއް ހޯދިފައި ނުވާނަމަވެސް، މި ދެޓީމުގެ ނަމާއި ޝަރަފުގެ ސަބަބުން ވަރަށް ފޯރިގަދަ މެޗަކަށް ވާނެ ކަމަށް ބެލެވެއެވެ.
ރެޢާލް މެޑްރިޑަކީ ޔުއޭފާ ޗެންޕިއަންސް ލީގު މިހާތަނަށް އެންމެ ގިނައިން ކާޟިޔާބުކޮށްފައިވާ ޓީމެވެ. އެގޮތުން އެޓީމުން ވަނީ މިހާތަނަށް 15 ފަހަރު ޔޫރަފުގެ އެންމެ ޝަރަފުވެރި ތަށި އުފުލާލާފައެވެ. މި މުބާރާތް ދެ ވަނައަށް އެންމެ ގިނައިން ކާމިޔާބު ކުރީ އޭސީ މިލާނުންނެވެ. އެޓީމުވަނީ މި މުބާރާތް 7 ފަހަރު ކާމިޔާބުކޮށްފައެވެ.

ރިއަލް މެޑްރިޑް ވަނީ ފާއިތުވި ހަފްތާގައި ވާދަވެރި ބާސެލޯނާއާއި ދެކޮޅަށް ކުލުނު އެލް ކްލާސިކޯގައި ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ. އަދި މިދިޔަ ހަފްތާ ބައިގައި ވެލެންސިޔާ އާ ދެކޮޅަށް މެޑްރިޑުން ކުޅެން އޮތް މެޗު ވަނީ މެދުކަނޑާލެވިފައެވެ. ނަމަވެސް ރިއަލް މެޑްރިޑް އޮތީ ލީގުގެ ދެވަނައިގައި ކަމުން، މިލާނާ ދެކޮޅަށް މޮޅުވެއްޖެނަމަ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައިވެސް ރަނގަޅު މަޤާމެއްގައި ތިބޭނެއެވެ.

އެހެންނަމަވެސް މިލާނަށް މިވަގުތު ކުރިމަތިވެފައިވަނީ އިތުރު ގޮންޖެހުންތަކެކެވެ. މިވަގުތު ސެރީ އޭ ގެ 7 ވަނަ އޮތް މިލާނަށް ޗެމްޕިއަންސް ލީގުގައިވެސް ރަނގަޅު ފެށުމެއް ލިބިފައެއް ނުވެއެވެ. މިހާތަނަށް ކުޅުނު 3 މެޗުން 2 މެޗު ބަލިވެ، 1 މެޗު ކާމިޔާބުކޮށްފައިވާ މިލާން މިވަގުތު އޮތީ ޖެހިގެން ޗެންޕިއަންސް ލީގުގެ ތާވަލުގެ 25 ވަނަގައެވެ. ޕައުލޯ ފޮންސެކާގެ އިރުޝާދުގެ ދަށުން މިލާން އޮތީ އެންމެ ރަނގަޅު ފޯމެއްގައި ނޫން ކަމުގައިވިޔަސް، ރިއަލް މެޑްރިޑާ ދެކޮޅަށް ކުޅޭއިރު މެޗުތަކުގައި ފއެމީހުންގެ ނަމާއި ޝަރަފު ދިފާއު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާނެކަމަށް ވަނީ ބެލެވިފައެވެ.

މި މެޗުގައި ރެއާލް މެޑްރިޑްގެ ކޯޗާއި މިލާން ގެ ކުޅުންތެރިންނަށް ކުރީގެ ޓީމާ ބައްދަލުކުރަން ފުރުސަތުލިބިގެންދާނެއެވެ. އެގޮތުން ރެއާލް މެޑްރިޑްގެ އެންޗެލޯޓީގެ ކުރީގައި އޭސީމިލާން އަށް ކޯޗުކޮށްދީ އެޓީމަށް ޗެންޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ ކޯޗެކެވެ. އަދި އޭސީމިލާން ޓީމުގައި ރޭއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިންކަމަށްވާ ތިއޯ ހަނާންޑޭޒް އާއި މޮރާޓާ ކުޅޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރެލިގޭޝަނުގައި އޮތް ޓީމެއް އަތުން މެޑްރިޑް ބަލިވެ ލީގުހޯދުމުގެ އްމީދު ފަނުފުލަށްކުޅިވަރު | 19 ގަޑިއިރު ކުރިންސިޓީ ދޫކޮށް ރެއާލް އަށް ގޮސްފާނެކަމުގެ ބިރަށްޓަކައި ރޮޑްރީއަށް ބޮޑު މުސާރައެއް ހުށަހަޅައިފިކުޅިވަރު | 3 ދުވަސް ކުރިންއިނދަޖެހިދާނެކަމުގެ ބިރުހީވެފައިވާ ޗެލްސީގެ އެންމެ މުހިންމު ކުޅުންތެރިޔާ މެޑްޜިޑްއާއި ފްލާރޓް ކުރަނީ، ކުޅުންތެރިން ރަތަށްކުޅިވަރު | 3 ދުވަސް ކުރިންރެއާލްގެ އެކަޑެމީ ކުޅުންތެރިއެއްގެ ސޮއި ހޯދުމަށް ބާސެލޯނާއާއި ރެއާލް ގަދަހިފުމަކަށް ކުޅިވަރު | 5 ދުވަސް ކުރިން