logoEN
ޚަބަރު

ފަރުމަސްވެރިކަމަށް ދޫކުރާ ލޯނު 37 ފަރާތަކަށް، ލޯނު ދެއްކުމަށް 10 އަހަރު

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

06 ނޮވެމްބަރު 2024 - 14:54

ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް މި ސަރުކާރުން ދޫކުރާ ލޯނު މިހާތަނަށް 37 ފަރާތަކަށް ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ފުރަތަމަ ފަރުމަސްވެރިކަމަށް ދޫކުރެވުނު ލޯނަކީ 30 މިލިއަން ރުފިޔާގެ ލޯނުގެ ފުރުސަތެކެވެ. އެގޮތުން މިއީ ރަހުނެއް ބަހައްޓަން ނުޖެހޭ ލޯނެކެވެ. 7 ލައްކަ ރުފިޔާއާއި ހަމައަށް ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް މި ލޯނު މެދުވެރިކޮށް ފައިސާ ލިބޭނެއެވެ. ވަޒީރު ވިދާޅުވީ މިހާތަނަށް ފަރުމަސްވެރިކަން ކުރާ 37 ފަރާތަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ.ފަތުރުވެރިކަން ތަރައްޤީވަމުން އަންނައިރު ފަރުމަހަށް އޮންނަ ޑިމާންޑް އިތުރުވަމުންދާކަމަށާއި މިއީވެސް ކުރިއަރަމުން އަންނަ ސިނާއަތެއްކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. ފަރުމަސްވެރިންގެ ޝަކުވާތައް އަޑުއަހާލުމުން އިނގިގެންދިޔައީ މީގެކުރިން ފަރުމަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުތަކުން އެއްވެސް އިޖާބައެއް ދީފައެއް ނުވާކަންކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މި ލޯނު ދެއްކުމަށް 10 އަހަރު ދުވަހުގެ މުއްދަތެއް ލިބެއެވެ.

ކޮމެންޓް

871x217_placeholder