logo
Bank of Maldives

Bank of Maldives

ވިޔަފާރި

ރަސްމީ ރިޒާވް 65 އިންސައްތަ އިތުރުވެއްޖެ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
13 ނޮވެމްބަރު 2024 - 07:47
މަރުކަޒީ ބޭންކް އެމްއެމްއޭ
މަރުކަޒީ ބޭންކް އެމްއެމްއޭ

ހުސްވި އޮކްޓޯބަރުގެ ނިޔަލަށް، ދައުލަތުގެ ރަސްމީ ރިޒާވް 65 އިންސައްތަ އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭ އިން ނެރުނު އިގްތިސާދީ އަދާހަމައިގެ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ރަސްމީ ރިޒާވްގެ އެސެޓްސްގެ ގޮތުގައި ހުރީ 371 މިލިއަން ޑޮލަރެވެ. އެހެން ނަމަވެސް ހުސްވި އޮކްޓޯބަރު މަހުގެ ނިޔަލަށް، އެ އަދަދު 614 މިލިއަނަށް ވަނީ އިތުރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން ރިޒާވް އިތުރުވި ސަބަބެއް ކަމުގައި އެމްއެމްއޭ އިން ބުނީ، އެމްއެމްއޭ އާއި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) މެދުވެރިކޮށް ކަރަންސީ ސްވެޕް އެއްބަސްވުމެއްގެ ދަށުން، މަރުކަޒީ ބޭންކް އެމްއެމްއޭ އަށް 400 މިލިއަން ޑޮލަރު ޖަމާ ކުރުމެވެ. އަދި ހަމަ އެ އެއްބަސްވުމުގެ ދަށުން، 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ އެއްގައި ވެސް އެ ފައިސާ ވަނީ އެމްއެމްއޭ އަށް ޖަމާކޮށްފައެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި، އެ މުއާމަލާތްތައް ހިންގީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ.

އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ރަސްމީ ރިޒާވް އިތުުރު ވި ނަމަވެސް، ޔޫޒަބަލް ރިޒާވް ވަނީ 17 މިލިއަން ޑޮލަރު ދަށްވެފައެވެ. އެގޮތުން މިދިޔަ މަހު ބޭނުންކުރެވޭ ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދަޢުލަތުގެ ރަސްމީ ރިޒާވްގައި 717.9 މިލިއަން ޑޮލަރުވިޔަފާރި | 12 ދުވަސް ކުރިންޢީދު ބަންދުގައި ބޭންކުތައް ހުޅުވާނީ މިމަހު 28ގައިޚަބަރު | 20 ދުވަސް ކުރިންކުނޑިކޮށްފައިވާ ފައިސާ ނޫޓުން އުފެއްދުންތައް ތައްޔާރުކުރުމުގެ މުބާރާތެއް އެމްއެމްއޭ އިން ހުޅުވާލައިފިޚަބަރު | މަހެއް ކުރިންއެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަކުރަނީޚަބަރު | މަހެއް ކުރިން