logo
Bank of Maldives

Bank of Maldives

ދުނިޔެ

ދެވަނަ ފަހަރަށް ވެރިކަމަށް އަންނަން ޓްރަމްޕްކުރާ ދަތުރު ފެންނަނީ ބަނަކޮށް

މެންދުރު ޓީމް
31 އޯގަސްޓު 2024 - 11:30
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ މިހާރުގެ ނައިބު ރައީސް ކަމަލާ (ކ) އަދި ކުރީގެ ރައީސް ޓްރަމްޕް (ވ) ___
އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ މިހާރުގެ ނައިބު ރައީސް ކަމަލާ (ކ) އަދި ކުރީގެ ރައީސް ޓްރަމްޕް (ވ) ___

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ވެރިކަމަށް އައުމަށް ކުރަމުންދާ މަސައްކަތްތަކާމެދު އެމަނިކުފާނު ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސްޓްރެޓެޖިސްޓުންނާއި ކެމްޕޭނަށް ހަރަދުކުރާ ފަރާތްތަކުން ޝައްކުކުރަން ފަށައިފިއެވެ.

މިއީ ފާއިތުވި ހަފްތާތަކުގައި އެމަނިކުފާނުގެ ވާދަވެރި ކެނޑިޑޭޓް އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސް ކެމްޕޭނުގައި ހޯދިކުރިއެރުންތަކާއި، ޓްރަމްޕަށް އަރާ ހަމަނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރަމުންދާތީ، އޮތް ކަންބޮޑުވުންތަކެއްގެ ނަތީޖާއެވެ.

ރިޕަބްލިކަން ޕާޓީން ޓްރަމްޕަށް މި އިންތިހާބު ކާމިޔާބުކުރެވެން އޮތް ފުރުސަތު ބަންދުވެފައިވާ ކަމަށް އެއްކޮށް ގަބޫލުނުކުރި ނަމަވެސް، ނައިބު ރައީސް ކަމަލާ އާދެކޮޅަށް ހަރުދަނާ ނުކުރެވޭ ކަމަށް ދެކެއެވެ. ރޮބަޓް އެފް ކެނެޑީ ޖޫނިއަރ އަދި ޓުލްސީ ގަބާޑް ފަދަ ކެމްޕޭނުން އެކަހެރިވެފައިވާ ސިޔާސީ ފަރާތްތަކާ ގުޅުން ބަދަހިކުރުމުގައި ޓްރަމްޕު ގެންގުޅޭ ސިޔާސަތާމެދު ވެސް ޕާާޓީގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އޭނާ މިގޮތަށް ކުރިއަށްދާނަމަ، އޭނާ ބަލިވާނެ. ހެރިސްއަށް ވޯޓުދޭން ތިބި މީހުން ހޯދޭނީ ސްޓްރެޓެޖީ ބަދަލުކޮށްގެން." ޤާނޫނީ ވަކީލެއް އަދި ފާހަގަކޮށްލެވޭ ރިޕަބްލިކަން ޑޯނަރެއްކަމުގައިވާ އެރިކް ލެވިން ފައިނޭންޝަލް ޓައިމްސްއަށް ދެއްވި ބަޔާނެއްގައި ވިދާޅުވިއެވެ.

މިއީ ފާއިތުވި މަހާ އަޅާބަލާއިރު ވަރަށް ބޮޑު ބަދަލެކެވެ. އޭރު ޓްރަމްޕް ރައީސް ބައިޑެންއަށްވުރެ ވަރަށް ބޮޑު ތަފާތަކުން ކުރިއަށް ދިޔައެވެ. އަދި ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ހާދިސާއިން ސަލާމަތްވުމާ ގުޅިގެން، ނޮވެމްބަރުގެ ވޯޓުގައި ފަސޭހައިން ކާމިޔާބު ހޯދާނެކަމަށް އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ޤަބޫލުކުރިއެވެ.

މި ކަންކަމުގެ ސަބަބުން، ޓްރަމްޕްގެ ދެވަނަ ފަހަރަށް ވެރިކަމަށް އައުމުގެ ފުރުސަތު މިހާރު ފެންނަނީ ކުރިއާ އަޅާބަލާއިރު ބަނަކޮށްކަން ފާހަގަކުރެވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓްރަމްޕް ނޯބެލް ސުލްޙައިގެ އިނާމުގެ އިންތިޒާރުގައި، މަދަދުދެނީ ނަތަންޔާހޫދުނިޔެ | 4 ދުވަސް ކުރިން ބޯޓެއްގައި އައި މީހަކު އެމެރިކާގެ ރެސްޓޯރަންޓަކަށް ހަމަލާދީ 3 މީހުން މަރާލާ ގިނަ ބަޔަކު ޒަޚަމްކޮށްލައިފިދުނިޔެ | 15 ދުވަސް ކުރިންތުރުކީ-އެމެރިކާ ނިއުކްލިއަރ އެއްބަސްވުމެއްގައި ސޮއިކޮށްފިދުނިޔެ | 18 ދުވަސް ކުރިންޓްރަމްޕާއި އިސްރާއީލުގެ ދިފާއުގެ އަޑުއުފުލާ ޗާލީ ކަރކް މަރާލައިފިދުނިޔެ | މަހެއް ކުރިން