logo
MPL

MPL

ޚަބަރު

ސްޓްލެކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް ކުރާތީ ސަމާލުވާން އެދެފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
1 ސެޕްޓެމްބަރު 2024 - 06:14
ސްޓެލްކޯގެ އޮފީސް
ސްޓެލްކޯގެ އޮފީސް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ ކޯލުތަކެއް ނުވަތަ ސްކޭމް ކޯލްތަކެއް ކުރާތީ ސަމާލުވާން އެދެފިއެވެ.

އެކަން ފާހަގަކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސްޓެލްކޯގެ ނަމުގައި ސްކޭމް ކޯލުތަކެއް ކުރާ ކަމުގެ ޝަކުވާ އެކުންފުންޏަށް ލިބިފައިވާ ކަމަށެވެ. އަދި އެފަދަ ކޯލުތަކުން މަސައްކަތްކުރަނީ އޮޅުވާލައިގެން މީހާގެ ޒާތީ މައުލޫމާތު ހޯދަން ކަމަށް ފަހުމީ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެފަދަ ކޯލުތަކަށް ސަމާލުކަން ދިނުމަށް އެދެމުން ފަހުމީ ވިދާޅުވީ، ސްޓެލްކޯ އަކުން އެއްވެސް ފަރާތެއްގެ ޒާތީ އަދި މާލީ މަޢުލޫމާތުތައް ހޯދަން ނުގުޅާނެ ކަމަށާއި، އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އަވަހަށް އެ ކޯލުތައް ކަނޑާލުމަށެވެ. އަދި އެފަދަ ކޯލެއް ލިބިއްޖެ ނަމަ، އެ ކޯލުގެ ސައްޚަކަން ކަށަވަރުކުރުމަށް ސްޓެލްކޯއަށް ގުޅުމަށް ވެސް ފަހުމީ ވަނީ އެދިވަޑައިގަންނަވައިފައެވެ.

 

View post on Twitter

 

މީގެ ކުރިން ވެސް ސަރުކާރު އެކި ކުންފުނިތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކެއް ފެންމަތިވެފައިވެއެވެ. އެގޮތުން އެޗްޑީސީގެ ނަމުގައި ގުޅައި، ފްލެޓް ނުވަތަ އެޕާޓްމެންޓް ދޭނެ ކަމަށް ބުނެ ބައެއް މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ހޯދާފައިވެސް ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކޮށް ނިންމާލައިފިޚަބަރު | 3 ދުވަސް ކުރިންތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 12 ދުވަސް ކުރިންސްޓެލްކޯއިން ތިނަދޫ ކަރަންޓުގެ ހިދުމަތާ ހަވާލުވެއްޖެ ވިޔަފާރި | 13 ދުވަސް ކުރިންސްޓެލްކޯއިން ހޯރަފުށީގައި 1 މެގަވޮޓްގެ ޖަނަރޭޓަރެއް ރަސްމީކޮށް އިފްތިތާހުކޮށްފިޚަބަރު | 15 ދުވަސް ކުރިން