ފޮރިން އެކްސްޗޭންޖް ގާނޫނެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށް: މުނައްވަރު

އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު -- ފޮޓޯ: މިހާރު

27 ނޮވެމްބަރު 2024 - 06:55
މަނިޓަރީ ގަވާއިދު އިސްލާހުކޮށް ފޮރިންއެކްސްޗޭންޖް ގާނޫނެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އެމްއެމްއޭގެ ގަވަރުނަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
އެމްއެމްއޭއިން މިއަދު ބޭއްވި ނޫށްވެރިންގެ ބައްދަލުވުމުގައި މުނައްވަރު ވިދާޅުވީ މަނިޓަރީ ގަވާއިދު އިސްލާހުކޮށް ފްރިން އެކްސްޗޭންޖް ގާނޫނެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށާ އެކަމުގެ ފުރަތަމަ މަރުހަލާ މިހާރު ނިމިފަިއވާ ކަމަށެވެ. މަނިޓަރީ ގަވާއިދު އިސްލާހު ކުރުމަށް ފަހު ވިސްނުމަކީ ޕްރައިސް ސްޓޭބިލިޓީ ގެނައުން ކަމަށް މުނައްވަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ރާޢްޖެ ކަހަލަ ގައުމަކަށް ފޮރިން އެކްޗޭންޖް ގެ މާކެޓު ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް މުނައްވަރު ވިދާޅުވި އެވެ.މީގެ ކުރިން 30 އަހަރުވެގެން ދިޔަ އިރުވެސް ރާއްޖޭގައި ރިސާވް އެކްޓިވް ޕްލޮސީއެއްގެ ގޮތުގައި ނެތް ކަމަށެވެ. އެހެންވެ މިގާނޫނާއި އެކު އެކަން ބަދަލުވެގެންގޮސް އެމްއެމްއޭގެ ރިސާވް ބިލްޑް ވެގެންޑަނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މިޢީ ރާއްޖޭގައި އަލަށް ކުރި ކަމެއްކަމުގައި ވިޔަސް އެހެން ގައުމުތަކުގައިވެސް ފޮރިން އެކްސްޗޭންޖް ގާނޫނެއް އޮންނަ ކަމަށެވެ.
ފްރިން އެކްސްޗޭންޖް ގާނޫނެއް ނެތުމުން އެމްއެމްއޭގެ އަތް ވަރަށް ބޮޑަށް ބަނދެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންވެ އެގާނޫނު މުހިންމުވާ އެއް ސަބަބަކީ އެއީ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މިކަން އަވަސް ކުރަން މިޖެހުނު ސަބަބަކީ ޓްއަރިޒަމް އިންޑަސްޓްރީ އިން ބޭންކްތަކަށް ޑޮލަރު ވަންނަ އަދަދު މަދުވުމުން ކަމަށް މުނައްވަރު ވިދާޅުވި އެވެ. މީގެ ކުރިން މިކަހަލަ ކަމެއް ނުކުރުމުގެ ސަބަބުން ބޮޑެތިގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ބޭންކްތަކަށް ޑޮލަރު ވަންނަވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށާ ބޭންކް ތަކަށް ސީދާ ޓްއަރިޒަމް އިންޑަސްޓްރީ އިން ވަންނަނީ އެންމެ 3 އިންސައްތަ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެހެންވީމާ ބޭޏްކްތަކުން ޑޮލަރު ވަންނަ މިންވަރު ދަށްވުމުން ބޭންކްތައް ރަނގަޅަށް މަސައްކަތް ނުކުރާނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ރިސޯޓްތަކަށް ލިބޭ ޑޮލަރު ބޭންކުތަކުން މާރުކުރަންޖެހޭ ގޮތަށް ހެދި ގަވާއިދުގައި ހުރި ބައެއް ކަންކަން ބަދަލުކޮށް ގާނޫނަކަށް ހެދުމަށް އެކަމާ ގުޅޭ ބިލެއް ޑްރާފްޓްކޮށް މަރުކަޒީ ބޭޏްކު އެމްއެމްއޭއިން ވަނީ އާންމުންގެ ހިޔާލަށްވެސް ހުޅުވާލާފަ އެވެ.
އެމްއެމްއޭ އިން އާންމުންގެ ހިޔާލަށް ހުށަހެޅި "ބޭރު ފައިސާއާބެހޭ ބިލް" ގައިވާ ގޮތުން ވެސް ޓޫރިޒަމް ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކްތައް މެދުވެރިކޮށް މާރުކުރަން ޖެހޭނެ އެވެ.
ކެޓަގަރީ "އޭ" ގައި ހިމެނެނީ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކެވެ. އެ ކެޓަގަރީގައި ހިމެނޭ ފަރާތްތަކުން ކޮންމެ ޓޫރިސްޓަކަށް، ބޮލަކަށް 500 ޑޮލަރުގެ ރޭޓުން، ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ލާޒިމްވާނެ އެވެ. އަދި ކެޓަގަރީ "ބީ" ގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރުގެ ރޭޓުން ކޮންމެ މަހަކު އެ އަދަދު ބޭންކަކަށް ޖަމާކޮށް މާރުކުރަން ޖެހެ އެވެ.
އިތުރު ލިޔުންތައް

MMA Reports Surge in Bank Loans to Tourism Sector and Construction
7 މަސް ކުރިން
Maldives’ Official Reserves Surge to $443.8 Million, Usable Reserves See Significant Growth
7 މަސް ކުރިން
ބޭންކްތަކަށް ޑޮލަރު މާރުކުރާ އުސޫލަށް އަމަލު ނުކުރާނެ ކަމަށް ބައެއް ރިސޯޓް އޯނަރުން ބުނެފި
5 މަސް ކުރިން.jpg&w=3840&q=75)