logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރޮޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި

އަޙްމަދު ޒަލީފް
28 ނޮވެމްބަރު 2024 - 16:06
ބްރޮޑްކޮމްގެ މެމްބަރުކަމަށް އަލުން ހުޅުވާލައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންގެ ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އަލުން ހުޅުވާލީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީއެވެ.

މަރިޔަމް ވަހީދާއާއި އަލީ ޔޫސުފް ކޮމިޝަނަށް އައްޔަންކޮށްފައިވަނީ 5 ޑިސެމްބަރު 2019ގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރުކަމުން މަރިޔަމް ވަހީދާއާއި އަލީ ޔޫސުފްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހަށް ހަމަވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަމައެކަނި 100 އިންސައްތަ ދިވެހި ކުންފުންޏަކަށް ރީ ބްރޯޑްކާސްޓްކުރެވޭ ގޮތަށް އޮތް ޤަވާއިދު އިސްލާޙުކޮށްފިޚަބަރު | މަހެއް ކުރިންބްރޯޑްކޮމްގެ އެސްޖީއަކަށް ޔާމީން އިދުރީސް ޚަބަރު | 3 މަސް ކުރިންބްރޮޑްކޮމް އަށް ރިޟްވާން އައްޔަންކުރަން ފާސްކޮށްފި ޚަބަރު | 4 މަސް ކުރިންހާއްސަ ރައްކާތެރިކަން ބޭނުންވާ ކުދިންނަށް ހަޖޫޖަހާނަމަ، އެކަމަށް ފިޔަވަޅު އެޅޭނެ : ބްރޯޑްކޮމްޚަބަރު | 6 މަސް ކުރިން