logo
Bank of Maldives

Bank of Maldives

ކުޅިވަރު

90 ޕްލަސް ގޯލްޑް ކަޕް: ކުރެންދޫ ބަލިކޮށް ހުރާއިން މުހިންމު ތިން ޕޮއިންޓް

އަބްދުﷲ ޣާނިމް
29 ނޮވެމްބަރު 2024 - 04:53
ކުރެންދޫއާި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ވަޤުތު ސްޕޯރޓްސް
ކުރެންދޫއާި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އަބްދުﷲ އަބީދު | ވަޤުތު ސްޕޯރޓްސް

ގޯލްޑް ކަޕް ގައި ގްރޫޕް ސީ ގައި ކުރެންދޫއާއި ހުރާ ވާދަކޮށް ހުރާއިން މުހިންމު ތިން ޕޮއިންޓެއް ހޯދައި ގްރޫޕްގެ ދެވަނައަށް ޖެހިލައިފިއެވެ. މި މެޗު ހުރާ ކާމިޔާބުކުރީ 1-0 އިންނެވެ.

ރޭގެ މެޗަށް ނިކުތްއިރު ކުރެންދޫ ވަނީ އައްޑޫއާއި ވާދަކޮށް އެއްވަރުވެ 1 ޕޮއިންޓް ހޯދާފައެވެ. އަދި ހުރާ ޓީމު މި މުބާރާތުގައި ފުރަތަމަ ކުޅުނު މެޗުން ބަލިވެފައެވެ. އެހެންކަމުން މި މެޗުވެފައި އޮތީ ދެ ޓީމަށްވެސް މޮޅުވާން މަޖުބޫރު މެޗެއްގެގޮތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ކުރީކޮޅުން ފެށިގެން ގިނަ ހަމަލާތަކެއް ހުރާގެ ފަރާތުން ފެނުނު މި މެޗުގެ ހަމައެކަނި ގޯލު ކާމިޔާބު ކުރީ މެޗުގެ 70 ވަނަ މިނެޓުގައި ކުރެންދޫ ޓީމުން ހުރާޓީމުގެ ފޯވާޑް އަރީން އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީނީވެސް އަރީން އެވެ. މި މެޗުގައި ދެ ޓީމަށްވެސް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުކޮށްލާފައެވެ.

ރޭގެ ނަތީޖާއާއެކު ގުރޫޕް ސީގެ އެއްވަނައިގައި އޮތީ ގުރައިދޫއެވެ. ދެވަނައިގައި ހުރާ އޮތްއިރު ތިންވަނައިގައި އޮތީ އައްޑޫ ސިޓީއެވެ. އަދި ތާވަލުގެ ފުލުގައި އޮތީ ކުރެންދޫގެ ޓީމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތޮއްޑޫ އަރިއަތޮޅުގެ ފުޓްބޯޅައިގެ ތާޖު އަޅައި 90 ޕްލަސް ގޯލްޑްކަޕަށްކުޅިވަރު | 10 ދުވަސް ކުރިންގޯލްޑްކަޕް 2025ގެ ފުރަތަމަ ކޮލިފައިން މުބާރާތް ލާމުއަތޮޅުން ފެށުމަށް ނިންމައިފިކުޅިވަރު | 2 މަސް ކުރިންދިވެހި ފުޓްބޯޅައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިނުމަށް ގޯލްޑްކަޕް 2025 ތަފާތުތަކާއެކު އިޢުލާންކޮށްފިކުޅިވަރު | 3 މަސް ކުރިންއޭދަފުށި، ރާއްޖޭގެ ފުޓްސަލްގެ ރަސްކަމުން ފުޓްބޯޅައިގެ ރަސްކަމަށްކުޅިވަރު | 9 މަސް ކުރިން