logo
MPL

MPL

ކުޅިވަރު

ޔުއެފާ ޔޫރޮޕާ ލީގު: އަމޮރިމްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު އޯލްޓްރެފޯޑް ގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
29 ނޮވެމްބަރު 2024 - 05:42
ރުބެން އަމޮރިމް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް
ރުބެން އަމޮރިމް. ފޮޓޯ: މެންޗެސްޓަރ ޔުނައިޓެޑް

މެންޗެސްޓަރ ޔުނައިޑެޓުގެ އައު ކޯޗު ރުބެން އަމޮރިމްގެ އިރުޝާދުގެ ދަށުން އަމިއްލަދަނޑުގައި ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުވެއްޖެއެވެ. ރޭގައި ޔޫރޮފާ ލީގުގައި މެންޗެސްޓަރ ޔުނައިޓޭޑާއި ނޯވޭގެ ބޫޑޯ ގްލިމްޓް އާއި ބައްދަލުކުރި މެޗު ޔުނައިޓެޑު ކާމިޔާބުކުރީ 3-2 އިންނެވެ.

މެޗުފަށައިގެން ފުރަތަމަ މިނެޓުގައި މެންޗެސްޓަރއިން ވަނީ ގޯލުޖަހާފައެވެ. މި ގޯލު ކާމިޔާބުކޮށްދީނީ އާޖެންޓީނާގެ ޒުވާންކުޅުންތެރިޔާ ގަނަރޗޯއެވެ. އެހެންނަމަވެސް ބޫޑޯ އިން ވަނީ ފުރަތަމަ ހާފުގެ 19 ވަނަ މިނެޓާއި 23 ވަނަ މިނެޓުގައި 2 ގޯލު ޖަހާ އެ ޓީމަށް ލީޑުނަގާދީފައެވެ. އަދި ޔުނައިޓެން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ގޯލެއް ޖަހައި މެޗުގެ ނަތީޖާ ހަމަކޮށްފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ރަސްމުސް ހޮއިލްންޑް އެވެ. ރޭގެ މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ޔުނައިޓެޑުން މޮޅުވިގޯލު ކާމިޔާބުކޮޑްދިނީވެސް ހޮއިލްންޑް އެވެ. މެޗުގެ މޮޅުކުޅުންތެރިޔަކަށްވެސް ހޮވުނީ ހޮއިލަންޑް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ މޮޅާއެކު ޔުނައިޓެޑް ވަނީ ޔޫރޮޕާ ލީގުގެ ތާވާލުގެ 12 ވަނައަށް އަރާފައެވެ.

މި މުބާރާތުގައި ރޭގައި ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު ރޭންޖަރސް ނީސް އަތުން މޮޅުވެފައިވާއިރު ރެއާލް ސޮސިޑޭޑް ވަނީ އަޔަކްސް އަތުން މޮޅުވެފައެވެ. އަތި ޓޮޓްނަމް އާއި ރޯމާ ބައްދަލުކުރި ވާދަވެރިމެޗު ފަހުގަޑީގައި ރޯމާގެ ޑިފެންޑަރ ހުމެލްސް ޖެހި ގޯލުން މެޗު އެއްވަރުވެގެން ނިމުނީ 2-2 އިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑް ބޮކި ޖަހާފައި އަޑިއަށް، ރެލިގޭޓްވުން ހުއްޓުވޭނެ މަގެއް އަދި ނުފެނޭކުޅިވަރު | 20 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން މެސީ ލައިޓް 2.0 ގެ ސޮއެ ހޯދުމާއި ގާތަށް، ޔުނައިޓެޑް ހަނގުރާމައަކަށް ނިކުންނަނީކުޅިވަރު | 5 ދުވަސް ކުރިންފަހަތުން އަރައި ޔުނައިޓެޑް މޮޅުވެ، ހާލުގައި ޖެހިފައި އޮތް ޔުނައިޓެޑް އަށް މުހިންމު މޮޅެއްކުޅިވަރު | 6 ދުވަސް ކުރިންޔުނައިޓެޑުން 38 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ކުޅުނު ނުވަމެޗުން މޮޅުނުވެ، ލަދުވެތި ރެކޯޑެއް ޤާއިމުކޮށްފިކުޅިވަރު | 10 ދުވަސް ކުރިން