logo
Bank of Maldives

Bank of Maldives

ޚަބަރު

ނަރީޝްގެ ސުވާލެއް: ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތް ކުރެވޭނެތަ؟

އާމިނަތު ޝަފާ
29 ނޮވެމްބަރު 2024 - 15:45
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް
މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް

ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ހިމާޔަތް ކުރެވޭނީ ކޮން ޤާނޫނު އަސާސީ އެއްތޯ ވިދާޅުވެ މާލޭ ސިޓީގެ ޑެޕިއުތީ މޭޔަރު އަހުމަދު ނަރީޝް އިދިކޮޅު ފަރާތްތަކަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

ނަރީޝް މިފަދައިން ސުވާލު އަމާޒުކުރައްވާފައިވާ ދަނޑިވަޅަކީ ގާނޫނު އަސާސިއަށް ގެނައި އިސްލާހުތަކާމެދު ނުރުހުން ފާޅުކޮށް އިދިކޮޅު އެމްޑީޕީން އަންނަ މަހުގެ 10 ވަނަ ދުވަހު "ގާނޫނު އަސާސީ"ގެ ދިފާއުގައި ކަމަށްބުނެ ބޮޑު ޖަލްސާއަކަށް ތައްޔާރުވަމުން އަންނަ ދަނޑިވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ނަރީޝް އިތުރަށް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ދިވެހީންގެ ޤާނޫނު އަސާސީގައި ލިޔެފައިވާ ދިވެހީންގެ މިނިވަންކަމާއި ސިޔާދާއި، ދިވެހީންގެ ދީން ކަމުގައިވާ އިސްލާމްދީނުގެ ހުރުމަތް ކެނޑުމަށް ކުރި މަސައްކަތާއި، ދިވެހީންގެ ސަރަހައްދު ކަމުގައި އެ ޤާނޫނު އަސާސީގައި ބުނެފައިވާ ސަރަހައްދުން ބައެއް ބޭރުގެ ބަޔަކަށް ވިއްކާލަން ކުރި މަސައްކަތާއި، ދިވެހީންގެ ދިވެހި ވަންތަކަން ނަގާލައި އަމިއްލަ ގައުމުގައި ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް އެ ރައްޔިތުން ހަދަން ކުރި މަސައްކަތް ދިވެހީން ހަނަދާނުން ފިލައިގެން ނުދާކަމަށެވެ.



"ނަމުގައި ޤާނޫނު އަސާސީގެ ދިފާއުގައި ކަމުގައި ބުނެ ދިވެހީންގެ ވެރިކަން ވައްޓާލާ ގައުމު ހަލަބޮލި ކުރަން އެމްޑީޕީން ޖަހަން ތިޔަރާވާ ސަކަރާތް ރައްޔިތުންނަށް މިއަދު މާ ސާފު. ދިވެހީންނަކީ ސުލްހަ މަސަލަސްކަމާއި އަމާން ކަމަށް ލޯބިކުރާ ބައެއް."

މި ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޑިސެމްބަރު 10 ވަނަ ދުވަހު މާލޭގައެވެ.
މި ޖަލްސާ ބާއްވާ ދުވަހަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހާއި ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހެވެ.

އެމްޑީޕީ އިން ބުނާ ގޮތުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތަކެއް ކަނޑައަޅައި ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަކަކީ މިނިވަންކަމާ އެކު މަސައްކަތް ކުރައްވަންޖެހޭ މެންބަރުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް އަރައިގަތުމަށް ގެނެސްފައިވާ އިސްލާހުތަކެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސިޓީ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފިޚަބަރު | 7 މަސް ކުރިންނަރީޝްގެ ސުވާލެއް: ޤާނޫނު އަސާސީގެ މައްޗަށް ފައިންއެރި ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތް ކުރެވޭނެތަ؟ ޚަބަރު | އަހަރެއް ކުރިންކުރީ ސަރުކާރުން ކައުންސިލްތަކަށް ބާރު ދިނީ މޮހޮނަށް އޮޑިދޭ އުސޫލުން- ނަރީޝްޚަބަރު | އަހަރެއް ކުރިންރައީސް ސާލިހު މާލޭ ސިޓީ ކައުންސިލާ ބައްދަލެއްނުކުރައްވާ: ނަރީޝްޚަބަރު | އަހަރެއް ކުރިން