logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބަޔާން މިއުނިކްގެ ޑިފެންޑަރު އަލްފޮންސޯ ޑޭވިސް މަސްތުގެ ހާލުގައި މަގުމަތިން ހިފަހައްޓައިފި

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2024 - 06:12
ބަޔާން މިޔުނިކް ގެ ޑިފެންޑަރ އަލްފޮންސޯ ޑޭވިސް. ފޮޓޯ: ފަބްރީޒިއޯ
ބަޔާން މިޔުނިކް ގެ ޑިފެންޑަރ އަލްފޮންސޯ ޑޭވިސް. ފޮޓޯ: ފަބްރީޒިއޯ

މިއުނިކް، ޖަރުމަނުވިލާތް - ބަޔަރން މިއުނިކްގެ ކެނެޑިއަން ޑިފެންޑަރު އަލްފޮންސޯ ޑޭވިސް ބުރާސްފަތި ދުވަހުގެ ފަތިހު މަސްތުގެ ހާލުގައި ލެމްބޯގިނީ އުރަސް ކާރެއް ދުއްވަނިކޮށް މިއުނިކް ފުލުހުން ހިފަހަށްޓައިފިއެވެ.

ބިލްޑް އޮންލައިންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މިޔުނިކްގެ މަގެއްގައި ފަތިހު 2:15 ހާއިރު ފުލުހުން ވަނީ ޑޭވިސް ހިފަހައްޓާފައެވެ. އޭނާ ހިފެހެއްޓީ އޭނާގެ ޢަމަލުތަކުން ފުލުހުންގެ ޝައްކު އުފެދުމާ ގުޅިގެންނެވެ.

ފުލުހުން އޭނާ ހުއްޓުވި އިރު، އޭނާގެ ކިބައިން ބަނގުރަލުގެ ވަސް ދުވުމާ ގުޅިގެން ބްރެތްލައިޒަރ ޓެސްޓެއް ހަދާފައިވެއެވެ. މި ޓެސްޓުން ދައްކާފައިވަނީ އޭނާގެ ލޭގައި ލީޓަރަކަށް 0.6 ގްރާމްގެ މިންވަރަށް ބަނގުރާ ހުރި ކަމަށެވެ.

މި މައްސަލައާ ގުޅޭ ގޮތުން ޖިނާއީ ވަކީލު ޑރ. ޖެނާރޯ ފެސްޓާ ވިދާޅުވެފައިވަނީ، މި މިންވަރަކީ ކުށެއްގެ ގޮތުގައި ބެލެވޭ މިންވަރެއް ކަމަށާއި، ޖިނާއީ ކުށެއްގެ ގޮތުގައި ބެލެވޭނީ ލީޓަރަކަށް 0.8 ގްރާމަށްވުރެ މަތިވުމުން ކަމަށެވެ.

މި މައްސަލައިގައި ޑޭވިސްއަށް ކުރިމަތިވެދާނެ އަދަބަކީ 500 ޔޫރޯގެ ޖޫރިމަނާއަކާއި އެއް މަސް ދުވަހުގެ މުއްދަތަށް ޑްރައިވިންގ ލައިސަންސް ހިފެހެއްޓުމެވެ. ނަމަވެސް، ރިޕޯޓުގައި ބުނެފައިވާ ގޮތުން، އޭނާގެ ލައިސަންސް ވަގުތުން ބާޠިލްކޮށްފައެއް ނުވެއެވެ. އަދި އޭނާއާއެކު ކާރުގައި އިން އޭނާގެ ރައްޓެއްސަކު ވަނީ ކާރު ދުއްވައިގެން ގޮސްފައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ބަޔަރން މިއުނިކް ކްލަބުން އަދި އެއްވެސް ބަޔާނެއް ނެރެފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 16 ދުވަސް ކުރިންފޮށިތަންމައްޗާއެކު މިއުނިކްގައި ހުއްޓާ އެނބުރި ގެޔަށް އަންނަން އެންގުމާއެކު ޖެކްޝަން ބޮޑާ ހާކަންފަށައިފިކުޅިވަރު | 17 ދުވަސް ކުރިންސްޓުޓްގާޓް ބަލިކޮށް ޖަރމަން ސުޕަކަޕް ބަޔާން އަށްކުޅިވަރު | މަހެއް ކުރިންލުއިސް ޑިއާޒް ބަޔާން މިއުނިކަށް ވިއްކާލުމަށް ލިވަޕޫލުން އެއްބަސްވެއްޖެކުޅިވަރު | 2 މަސް ކުރިން