logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ތ ޕޮލިސް

އަބްދުﷲ ޣާނިމް
30 ނޮވެމްބަރު 2024 - 13:29
މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތ ޕޮލިސް. ފޮޓޯ: ދާލު ބްލޫސް
މުބާރާތުގެ ފައިނަލަށް ދަތުރުކުރި ތ ޕޮލިސް. ފޮޓޯ: ދާލު ބްލޫސް

ސައުތު ސެންޓްރަލް ޕޮލިސް ކޮމާންޑަރ ފުޓްސަލް ޗެލެންޖްގެ ފައިނަލަށް ތ ޕޮލިސް ދަތުރުކޮށްފިއެވެ. ނޮވެމްބަރު މަހުގެ 23 ގައި ފެށި މި މުބާރާތުގައި ބައިވެރި ވަނީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަން (މ،ފ، ދ، ތ އަދި ލ) ގެ އަތޮޅުގެ ރަށްތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މި މުބާރާތުގައި 5 ޓީމު ބައިވެރިވެފައިވެއެވެ. އެއީ އެއީ މ، ފ، ދ ، ތ އަދި ލ ޕޮލިސްއެވެ.

މި މުބާރާތުގެ ފައިނަލަށް ތ ޕޮލިސް ދަތުރުކުރީ ލީގު ބުރުގައި ތާވަލުގެ އެއްވަނަ ހޯދައިގެންނެވެ. އެގޮތުން ތ ޕޮލިސް ވަނީ ކުޅުނު 4 މެޗުން 8 ޕޮއިންޓާއެކު ފައިދާ 8 ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ ހޯދައި ފައިނަލުން ޖާގަ ހޯދާފައެވެ. މުބާރާތުގެ ފައިނަލުގެ ދެވަނަ ޖާގަލިބޭނީ މާދަމާ ކުޅޭ ސެމީ ފައިނަލުން މޮޅުވާ ޓީމަކަށެވެ. އެގޮތުން މި މެޗުގައި ބައްދަލުކުރާނީ ލީގު ބުރުގެ 2 ވަނަ އަދި 3 ވަނައަށް ދިޔަ މީމާއި އާއި ފާފު ޕޮލިހެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލީގު ބުރުގައި ފ ދެވަނައަށް ދިޔައީ ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓާއެކު ފައިދާ 5 ގޯލުގެ ތަފާތުންނެވެ. އަދި މ ސެމީފައިނަލަށް ދިޔައީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން ލިބުނު 8 ޕޮއިންތާއެކު ފައިދާ 2 ގޯލުންނެވެ.

download (10).png

މާދަމާގެ ސެމީފައިނަލުގައި ވާދަކުރާ ދެ ޓީމް: މީމު (ހުދު) އަދި ފާފު (ރަތް). ފޮޓޯ: ދާލު ބްލޫސް

 

މި މުބާރާތަކީ ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ އަތޮޅު ޕޮލިސް ސްޓޭޝަންތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ މެދުގައި އެކުވެރިކަމާއި ކުޅިވަރުގެ ރޫޙް ދިރުވާ އާލާކޮށް އަދި ދިވެހި ފުލުހުންނަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބޭ ބައެއްގެ ގޮތުގައި ދެމެހެއްޓުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

މި މުބާރާޓް މިފަހަރު ހޯސްޓް ކުރަނީ ކުޑަހުވަދޫ ޕޮލިސް ފުޓްސަލް ގްރައުންޑްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ވާދަކުރާ ގައުމީ ފުޓްސަލް ޓީމުގެ ސްކޮޑު އިއުލާނުކޮށްފިކުޅިވަރު | ދުވަހެއް ކުރިންމަގޫދޫ ކައުންސިލުގެ ބެލުމުގެދަށުންހިންގާ ނިއުރޭޑިއަންޓް އެކަޑެމީ، ރަށްރަށުގައިވެސް ކުޅިވަރު ކުރިއެރުވިދާނެކަމުގެ މިސާލެއްކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް: ކަބަޓާން އެސްސީ އޮރިޖިނަލްސް ބަލިކުރިއިރު، ހޭންޑްބޯލްގެ ފައިނަލް މިއަދުކުޅިވަރު | 2 މަސް ކުރިންމާޅެންދޫ ކައުންސިލް މުބާރާތް މެޗް ޑޭ 2 ފޯރީގައި ކުރިޔަށް, މިއަދުވެސް ފޯރިގަދަ މެޗުތަކެއް ކުޅިވަރު | 2 މަސް ކުރިން