logo
Bank of Maldives

Bank of Maldives

ޚަބަރު

އެންސްޕާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލިމައްސަލަ ބޭރުކޮށްލައިފި

ހުސައިން ވަސީމް
2 ޑިސެމްބަރު 2024 - 07:02
އެންސްޕާއަށް ކުރާ ތުހުމަތުތަކާ ގުޅިގެން މަޖިލީހަށް ހުށަހެޅި ކުއްލިމައްސަލަ ބޭރުކޮށްލައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ އޮފީސް ހިންގުމަށް ކުއްޔަށް ހިފާފައި ހުރި ތަނެއްގައި ސަރުކާރު އިސްވެރިންގެ މަސްލަހަތު އޮތް "އެމްއެމްޓީވީ" ހިންގާ ކަމަށް ކުރެވޭ ތުހުމަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް މިމައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މީކާއީލް ހުށަހަޅުއްވާފައިވާ ކުއްލި މައްސލަައިގެ ޝަރުތު ހަމަނުވާ ކަމަށެވެ.

އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ 197 ވަނަ މާއްދާގެ ކ. ގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާން ކޮށްފައިވާ ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލަ މި ޖަލްސާއަށް ހުށަހެޅެން ނެތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީކާއިލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ އެންސްޕާގެ އޮފީސް ހުންގުމަށް ޖޫން 25، ގައި ނެޝަނަލް ޓެންޑާ ބޯޑު މެދުވެރިކޮށް ކޮށްފައިވާ އިއުލާނާ ގުޅިގެން ބިޑު ހުށަހެޅި ފަރާތްތަކުގެ ތެރެއިން މޯލްޑިވްސް މީޑިއާ ހައުސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް އެ ބިޑު އެވޯޑުކޮށް ފަސް އަހަރުދުވަހުގެ ކުލީގެ ގޮތުގައި 34.8 މިލިއަން ރުފިޔާއަށް އެ ކުންފުނީގެ އަތުން ހަތަރު ފްލޯ ކުއްޔަށްހިފާފައިވާ ކަމަށެވެ.

އޭގެތެރެއިން ދެ ފްލޯ މޯލްޑިވްސް މީޑިއާ ހައުސްއިން ނޮވެމްބަރު 28، ގައި ހިންގަން ފެށި އެމްއެމްޓީވީގެ އޮފީސް ހިންގުމަށް ކުއްޔަކާ ނުލައި އެ ކުންފުންޏަށް ދީފައިވާ ކަމަށް ތުހުމަތުކުރެވެމުން ދާ ކަމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ ފައިސާއަށް ހިޔާނާތްތެރިވެ، ދައުލަތުގެ މާލިއްޔާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރމަުން ދާކަމަށްވެސް އެ މައްސަލާގައި ބުނެފައިވެ އެވެ.

އެންސްޕާގެ ގެ އޮފީސް ހިންގަން އިމާރާތެއް ހޯދަން ކުރި މުއާމަލާތްތަކާ ގުޅިގެން ކުރެވޭ ތުހުމަތުގެ މައްސަލަ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިންވެސް ވަނީ ބަލަންފަށާފަ އެވެ.

އޭސީސީން ވަނީ މައްސަލަ ބަލަމުންދާކަން މެންދުރު ޓީވީއަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް އިތުރު ތަފްސީލް ދީފައެއްނުވެއެވެ.

އެންސްޕާއިން އެ އިމާރާތް ކުއްޔަށް ހިފީ އެމްއެމްޓީވީ މެދުވެރިކޮށް ކަމަށް ބުނެ ތުހުމަތުތަކެއް ވަނީ އެންސްޕާއަށް އަމާޒުވެފައެވެ.

އެ ތުހުމަތުތަކަށް ރައްދުދީ އެންސްޕާއިން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނުގައި ބުނީ އެ އެޖެންސީ ހިންގަން އިމާރާތް ހޯދަން ކުރި މުއާމަލާތަކީ މާލީ ވުޒާރާއާއި އެ އެޖެންސީއާ ދެމެދު ގަވައިދާއެއް ގޮތަށް ހިންގި މުއާމަލާތެއް ކަމަށެެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"މަޖިލީހުން އިސްކުރާނީ ދިވެހިންގެ ކުރިއެރުމާއި ތަރައްޤީ"ޚަބަރު | 11 ގަޑިއިރު ކުރިންރައީސްގެ ރިޔާސީ ބަޔާނަށް ތިން ގަޑިއިރު؛ އެ ހެއްދެވީ ގައުމީ ރެކޯޑެއް!ޚަބަރު | 11 ގަޑިއިރު ކުރިންކަށިގަނޑުފުމެ އަޑުގަދަކުރުމުން "ރަތްކާޑު" ދައްކާ ތަޅުމުން ބޭރުޚަބަރު | 14 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވެވުން މާދަމާޚަބަރު | 2 ދުވަސް ކުރިން