logo
E-Platinum
ޚަބަރު

ޑެންގޫގެ 140 ކޭސް، އަރިދަފުސް ރޯގާ ޖެހިގެން 40،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

އަޙްމަދު ޒަލީފް
15 ޑިސެމްބަރު 2024 - 15:29
ޑެންގޫގެ 140 ކޭސް، އަރިދަފުސް ރޯގާ ޖެހިގެން 40،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި

އަރިދަފުސް ރޯގާ ޖެހިގެން މިދިޔަ ނޮވެންބަރު މަހު 40،000 އަށްވުރެ ގިނަ މީހުން ރިޕޯޓްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވަނީ ރާއްޖޭގައި ރޯގާގެގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ. އެގޮތުން މިދިޔަ އޮކްޓޫބަރު މަހާ އަޅާ ބަލާއިރު ނޮވެންބަރު މަހު ރޯގާގެ ބަލިތައް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ.

ޑެންގީ ހުން ރާއްޖޭގެ ގިނަ އަތޮޅުތަކުގައި އިތުރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ޑެންގީ ހުމުގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ބޮލުގައި ރިއްސުން، ލޮލުގައި ރިއްސުން އަދި ހަންގަނޑުގައި ކުދި ރަތްބިހިތަކެއް ނެގުން ހިމެނެ އެވެ.

އެޗްޕީއޭއިން ވިދާޅުވީ އޮކްޓޫބަރު މަހާ އަޅާބަލާއިރު، އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި މީހުންގެ އަދަދުވެސް ނޮވެމްބަރުމަހު އިތުރު ކަމަށެވެ. މިއަހަރުގެ މިހާތަނަށް 2،375 މީހުން އިންފުލުއެންޒާއަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން 476 ސާމްޕަލް ޕޮޒިޓިވްކަން ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ ތެރެއިން ނޮވެންބަރު މަހު 164 ސާމްޕަލް ޓެސްޓުކުރިއިރު 42 މީހަކު އިންފުލުއެންޒާއަށް ޕޮޒިޓިވްވެފައިވެއެވެ.

ޑެންގީ ހުމުގެ ތަފާސްހިސާބަށް ބަލާއިރު އޮކްޓޫބަރު މަހު 126 ކޭސް ރިޕޯޓުކޮށްފައިވާއިރު ނޮވެންބަރު މަހުގެ ރިޕޯޓްކޮށްފައިވަނީ 140 ކޭސްއެވެ. ބޭރަށް ހިންގާ ރޯގާއެއް ވެސް މިދުވަސްވަރު ފެތުރެމުންދާއިރު ބޭރަށް ހިންގުން ޖެހިގެން މިދިޔަ އޮކްޓޫބަރު މަހު 3،164 ކޭސް އަދި ނޮވެމްބަރު މަހު 3،635 ކޭސް ރިޕޯޓުކޮށްފައިވެއެވެ.

އާންމު ބަލިތައް ފެތުރޭ އަދަދު މިދުވަސްވަރު އިތުރުވަމުންދާތީ އެޗްޕީއޭ އިން ވަނީ ބަލިތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކުރި އަދަދު މައްޗަށްޚަބަރު | 2 މަސް ކުރިންޑެންގޫގެ 140 ކޭސް، އަރިދަފުސް ރޯގާ ޖެހިގެން 40،000 އަށްވުރެ ގިނަ ކޭސް ރިޕޯޓްކޮށްފި ޚަބަރު | 7 މަސް ކުރިން