logo
Bank of Maldives

Bank of Maldives

ޚަބަރު

މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓު ކުރި އަދަދު މައްޗަށް

ސިއްހީ ވުޒާރާ --
ސިއްހީ ވުޒާރާ --

ޑެންގީ ހުން ޖެހިގެން ރިޕޯޓު ކުރި އަދަދު މިދިޔަ އޭޕްރީލް މަހު މައްޗަށް ގޮސްފައިވާ ކަމަށް ސިއްހީ ވުޒަރާއިން ބުނެފިއެވެ.

ސިއްޚީ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ޑެންގީ ހުން ޖެހިގެން އޭޕްރީލް މަހު 124 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިއީ މި އަހަރުގެ ވޭތުވެ ދިޔަ މަސްތަކާއި އަޅާ ބަލާއިރު، 65.33 އިންސައްތައިގެ އިތުރު އަދަދެކެވެ. އެގޮތުން މި އަހަރުގެ ޖަނަވަރީ މަހު މި ބަލި ޖެހިގެން 75 ފަހަރު ވަނީ ރިޕޯޓުކޮށްފައެވެ. ފެބްރުއަރީ މަހު އިތުރު 80 ކޭސް ރިޕޯޓުކޮށްފައިވާ އިރު، މާރިޗު މަހު 73 ރިޕޯޓުކޮށްފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއާއެކު، މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ޑެންގީ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވަނީ، މާލެ ސަރަހައްދުގެ އިތުރުން ރ.، އަދި އއ. އަތޮޅުން ކަމަށް ވުޒާރާއިން މަުލޫމާތު ދެއެވެ. އެގޮތުން، މިހާތަނަށް މާލެ ސަރަހައްދުން 134 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ރ. އަތޮޅުން 57 ކޭސް ރިޕޯޓުކޮށްފައިވާ އިރު، އއ. އަތޮޅުން 40 ރިޕޯޓު ލިބިފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ.

ޑެންގީ ހުމުން ރައްކާވުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެހްޕީއޭ) އިން ވަނީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށް، އެފަދަ ތަންތަން ހިއްކައި ސާފުކުރުމަށް އިލްތިމާސްކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | 2 މަސް ކުރިންއިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފިޚަބަރު | 3 މަސް ކުރިންކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި 53 މިލިއަން ރުފިޔާގެ ފެސިލިޓީއެއް އަޅަން ހަވާލުކޮށްފިޚަބަރު | 5 މަސް ކުރިންގައިޑްލައިންތަކާއެކު އެއް ކޮލެޓީއެއްގައި ފަރުވާދެވޭކަން ކަށަވަރުވާނެ: މިނިސްޓަރ ނާޡިމްޚަބަރު | 5 މަސް ކުރިން