logo
E-Platinum
ޚަބަރު

ސިއްހީ ހިދުަމަތުގެ ތަކުލީފު ނައްތާލަން 5 ހޮސްޕިޓަލް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި

އާމިނަތު ޝަފާ
31 އޮކްޓޯބަރު 2024 - 08:00
ސިއްހީ ހިދުަމަތުގެ ތަކުލީފު ނައްތާލަން 5 ހޮސްޕިޓަލް ގާއިމުކުރަން ބަޖެޓުގައި ހިމަނައިފި

ސިއްހީ ހިދުމަތް ހޯދުމަށް އޮތް ތަކުލީފު ނައްތާލަން ހާއްސަ 5 ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި ބަޖެޓުގައި ސިއްހީ ފަރުވާގެ މުހިންމު އެތައްކަމެއް ވަނީ ހިމަނާފައެވެ. އެގޮތުން އެންމެ ހާއްސަކަމަކީ ސިއްހީ ހިދުމަތް ހޯދުމަށް އޮތް ތަކުލީފު ނައްތާލަން ހާއްސަ 5 ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަސައްކަތް ހިމެނުމެވެ.

މީގެ އިތުރުން ކެންސަރު ބަލީގެ ފަރުވާއާއި ބޯންމެރޯ ޓްރާންސްޕަލާންޓްކުރުމާއި، އޯގަން ޓްރާންސްޕްލާންޓް ފަދަ ހާއްސަ ސިއްހީ ހިދުމަތް ރާއްޖެއިން ލިބޭނެ މަގު ފަހިކުރުންވެސް ބަޖެޓުގައިވަނީ ހިމަނާފައެވެ.

މީގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރަހައްދީ ފެންވަރެއްގައި ސިއްހީ ހިދުމަތް ފުޅާކުރެވިގެންދާނެކަމަށާއި މަދު ހާލަތެއްގައި ނޫނީ މާލެ ނައިސް ފަރުވާ ހޯދޭނެ ނިޒާމެއްގެ ބިންގާ މި ބަޖެޓުގެ ތެރެއިން އެޅިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.

މީގެ އިތުރުން ބަލިވުމުގެ ކުރިން ރައްޔިތުމީހާ އާއި މުޅި އާބާދީގެ ދުޅަހޮޔޮކަމަށް އިސްވެ މަސައްކަތްކުރާނެ ޕްރައިމަރީ ހެލްތް ކެއާގެ ނިޒާމު މުޅި ރާއްޖެއަށް ފުޅާކުރަންވެސް ބަޖެޓުގައިވަނީ ހިމަނާފައެވެ.

2025 ވަނަ އަހަރު ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޕްރައިމަރީ ހެލްތް ކެއާ ޕްރޮގްރާމް ފުޅާކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު އިބްތިދާއީ ސިއްހީ ހިދުމަތުގެ ނިޒާމު ދިރުވާ އާލާކުރުމަށް އާއްމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ ޕޭޝަންޓް ރިކޯޑެއް (މެޑިކަލް ހިސްޓްރީ) ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި މެޑިކަލް ހިސްޓްރީގައި މިހާތަނަށް ކުރެވުނު ބޭސްފަރުވާ މައުލޫމާތު ރިކޯޑް ކުރެވޭނެއެވެ. އަދި ސިއްހީ ހިދުމަތްތެރިން ގޭގެއަށް ޒިޔާރަތްކޮށް ސިއްހީ މައުލޫމާތު ފޯރުކޮށް، އެކި އެކި ބަލިބައްޔަށް ފަރުވާ ހޯދުމުންދާ ފަރާތްތަކަށް ލަފައާއި އިރުޝާދު ދިނުން ހިމެނެއެވެ.

ބަލިވުމަށްފަހު ބޭސްފަރުވާ ކުރާ ނިޒާމެކޭ އެއްފަދައިން ބަލިވުމުގެ ކުރިން ރައްކާތެރިވުމުގެ އާދަކާދަ އަށަގަންނަވާ، ބަލި އަވަހަށް ދެނެގަތުމަށް ފެށި މި އިބްތިދާއީ ސިއްހީ ނިޒާމަކީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަޖުރިބާއަށް ބަލާއިރު، އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިރުޝާދު ދެއްވާ ގޮތުގައި ރައްޔިތުންނާ ގާތުން ހަމަހަމަކަމާއެކު ސިއްހީ ހިދުމަތް ދިނުމަށް އެންމެ އިތުބާރު ހުރި ނިޒާމެވެ.

މީގެ އިތުރުން ކެންސަރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބި މީހުން އަނބުރާ މުޖުތަމައަށް ނެރުމަށް މަސައްކަތްތަކެއްޚަބަރު | 2 ދުވަސް ކުރިންނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފިޚަބަރު | 8 ދުވަސް ކުރިންނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފިޚަބަރު | 23 ދުވަސް ކުރިންމަތީ ތަޢުލީމު ދޭ ބައެއް ކޮލެޖް ޔުނިވަރސިޓީ ތަކާއި އެކު ލޭ ދިނުމަށް މީހުން ހޭލުންތެރިކުރަނީޚަބަރު | 2 މަސް ކުރިން