logo
Bank of Maldives

Bank of Maldives

ޚަބަރު

ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފި

އާމިނަތު ޝަފާ
7 ޖުލައި 2025 - 04:31
ނަފްސާނީ އެހީގެ ހެލްޕް ލައިންގެ ޚިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދައިފި

ނަފްސާނީ ބަލި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ގާއިމުކޮށްފައިވާ ހެލްޕް ލައިންގެ ހިދުމަތް މިއަހަރުގެ މިހާތަނަށް 5000 އަށްވުރެ ގިނަ މީހުން ހޯދާފައިވާކަމަށް ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ ވަޢުދެއްގެ ދަށުން، 21 ފެބްރުއަރީ 2023 ގައި ފެށުނު މި ހެލްޕްލައިންގެ މައިގަނޑު މަޤްޞަދަކީ ނަފްސާނީ ގޮތުން އުނދަގޫވާ އެކިއެކި ހާލަތްތަކުގައި އަދި ނަފްސާނީ ބަލި ހުންނަ އެކި އުމުރުފުރައިގެ މީހުންނަށް، 24 ގަޑިއިރު ނަފްސާނީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަފްސާނީ ބަލި ތަޙައްމަލު ކުރަމުންދާ މީހުންނަށް ފުރަތަމަ އެހީ ހޯދުމަށް ގުޅޭނެ ޤައުމީ ނަންބަރަކީ 1677 އެވެ.

ސިއްޙީ ވުޒާރާއިން ބުނީ މިހެލްޕް ލައިންގެ ޚިދުމަތް 2024 ގައި 2576 މީހުން ހޯދާފައިވާކަމަށެވެ. ނަމަވެސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ޖުލައިމަހުގެ ނިޔަލަށް 5820 މީހުން ހެލްޕް ލައިންގެ ޚިދުމަތް ހޯދާފައިވާކަން ސިއްހީ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިން5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި ޚަބަރު | 3 ދުވަސް ކުރިންފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިން ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި ޚަބަރު | 20 ދުވަސް ކުރިން