logo
Bank of Maldives

Bank of Maldives

ޚަބަރު

5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި

އާމިނަތު ޝަފާ
21 ސެޕްޓެމްބަރު 2025 - 13:45
5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި

5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ސަރުކާރުގެ ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އެގޮތުން މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ވޭސްޓް މެނޭޖުމަންޓު ކޯޕަރޭޗަން- ވެމްކޯ އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ލިމިޓެޑް (އެމްޓިސީސީ) އާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ހަވާލުކުރެވުނު ޕްރޮޖެކްޓްތަކަކީ ތ. ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތާއި   ތ. މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތާއި    ތ. ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތެވެ.

މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޢަބްދުﷲއެވެ. އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ، ބިޒިނަސް ޑެވެލޮޕްމަންޓް އެންޑް މާކެޓިންގ އިސްމާޢިލް އުބައިދުއެވެ.

ގުރައިދޫ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރީ 32.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މަޑިފުށީ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މީގެ އިތުރުން ގާދިއްފުށީ ޞިއްޙީމަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ހަވާލުކުރީ 12.8 މިލިއަން ރުފިޔާއަށް 325 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މީގެ އިތުރުން އެމްޓީސީއާ ހަވާލުކުރެވުނީ   އދ. ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތާއި ފ. ފީއަލީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތެވެ.

މި އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދުއެވެ. އަދި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަޙުމަދު ގާސިމްއެވެ.

މި ޕްރޮޖެކްޓުތަކުގެ ތެރެއިން ކުނބުރުދޫ ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތަކީ 8.2 މިލިއަން ރުފިޔާއަށް

300 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީއާ ހަވާލުކުރެވުނު މަސައްކަތެކެވެ. އަދި ފީއަލީ ޞިއްޙީމަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތަކީ 21.6 މިލިއަން ރުފިޔާއަށް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 2 ދުވަސް ކުރިން5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި ޚަބަރު | 3 ދުވަސް ކުރިންފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 5 ދުވަސް ކުރިން ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި ޚަބަރު | 20 ދުވަސް ކުރިން