logo
Bank of Maldives

Bank of Maldives

ޚަބަރު

މާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

އާމިނަތު ޝަފާ
21 އޮކްޓޯބަރު 2025 - 11:24
މާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހައްދުންމަތީ މާމެންދޫގެ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހައްދުންމަތީގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު މާމެންދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލ. މާމެންދޫގެ ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި އެރަށުގައި ލެބޯޓްރީގެ ޚިދުމަތް ފައްޓަވާދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ މެމްބަރުގެ އިތުުރުން އެރަށު ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.

މާމެންދޫގައި މި ޚިދުމަތް ފައްޓަވާދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ސިއްޙީ މަރުކަޒުގެ އިތުރުން ލެބޯޓްރީވެސް ބައްލަވާލައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުވާފަރު ޞިއްޙީމަރުކަޒު ހޮސްޕިޓަލް ފެންވަރަށް އަޕްގްރޭޑްކުރުމަށް އިމާރާތް އަޅަން ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންޤައުމީ ޞިއްޙީ ލެބޯރޓަރީ އެޅުމަށްޓަކާ ފިސިބިލިޓީ ސްޓަޑީ ހެދުމާއި، ޢިމާރާތް ޑިޒައިންކުރުމަށް ހަވާލުކޮށްފިޚަބަރު | 2 މަސް ކުރިންދުންފަތާ ދެކޮޅަށް ހޭލުންތެރިކުރުމަށް 24 ގަޑިއިރަށް ކުރިއަށްގެންދާ ދުވުން ފަށައިފިޚަބަރު | 2 މަސް ކުރިންމާމެންދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފިޚަބަރު | 3 މަސް ކުރިން