logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 މާރިޗު 2026 - 01:36
އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުން، ފޮޓޯ: ސިއްހީ ވުޒާރާ
އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުން، ފޮޓޯ: ސިއްހީ ވުޒާރާ

އަތޮޅުތެރޭގެ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހޯމަ ދުވަހުގެ ރޭ ހަވާލުކޮށްފިއެވެ.

މި ރަށްތަކަށް އެމްބިއުލާންސްތައް ހަވާލުކުރުމަށް މިނިސްޓްރީ އޮފް ހެލްތުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި އެ ރަށްތަކަށް އެމްބިއުލާންސްގެ ތަޅުދަނޑި އާއި މެއިންޓަނަންސް މެނުއަލްތައް ވަނީ ރަސްމީކޮށް ހަވާލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއީ އަތޮޅުތެރޭގެ ހުރިހާ ރަށަކަށް މެދުކެނޑުމެއްނެތި އެމްބިއުލާންސްގެ ހިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅޭ އަމާޒުގެ ދަށުން ކުރެވުނު މަސައްކަތެކެވެ.

މިފަހަރު އެމްބިއުލާންސް ހަވާލުކުރި ރަށްތަކުގެ ތެރޭގައި ހދ. ނެއްލައިދޫ، ހދ. ހަނިމާދޫ، ށ. މަރޮށި، ރ. ވާދޫ، ރ. ފައިނު، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. މާފުށި، އދ. މާމިގިލި، ފ. ފީއަލި، މ. ރަތްމަންދޫ، ތ. ވިލުފުށި، ލ. ދަނބިދޫ އަދި ސ. މަރަދޫ ހިމެނެއެވެ.

މި ރަސްމިއްޔާތުގައި އެމްބިއުލާންސްތަކާއި ވެހިކަލްތަކުގެ މަރާމާތުކުރުމާއި ސާވިސް ކުރުމުގެ ފަހުމުނާމާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއެކު ވަނީ ސޮއިކޮށްފައެވެ.

މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމް ވިދާޅުވީ، މި ސަރުކާރު ހަވާލުވިއިރު ސިއްހީ ދާއިރާގެ ވަސީލަތްތަކާއި އިމާރާތްތަކުގެ ހާލަތު އޮތީ ވަރަށް ބޮޑަށް ދަށަށް ގޮސްފައި ކަމަށެވެ.

 "މިކަން ހައްލުކުރުމަށްޓަކައި މިހާރުވެސް 135 ރަށެއްގައި ސިއްހީ ހިދުމަތަށް ބޭނުންވާ އިމާރާތްތައް ބިނާކުރަމުންދާއިރު، މީގެ ތެރެއިން 31 ރަށެއްގެ މަސައްކަތް ހަވާލުކުރުމުގެ މަރުހަލާގައި ވަނީ،" ގާސިމް ވިދާޅުވިއެވެ.

މި މަޝްރޫއުތަކަށް ގާތްގަނޑަކަށް 5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސިއްހީ ދާއިރާއަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން، މިދިޔަ އަހަރު 1000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ވަޒީފާއަށް ނެރެފައިވާކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި މިއަހަރުގެ ތެރޭގައި އިތުރު 600 މުވައްޒަފުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެއް ކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.

އެމްބިއުލާންސްގެ ހިދުމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގާސިމް އިތުރަށް ވިދާޅުވީ، މިހާތަނަށް އެންމެ ބޮޑަށް އެމްބިއުލާންސް ބޭނުންވެފައިވާ 56 ރަށަކަށް އެމްބިއުލާންސް ފޯރުކޮށްދެވިފައިވާ ކަމަށެވެ. އަދި މިއަދު ހަވާލުކުރެވުނު 14 އެމްބިއުލާންސްގެ އިތުރުން، އެހެން ރަށްރަށަށް ބޭނުންވާ އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސްތައް ހަވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރަށްރަށުގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމްކުރުމުގެ ސިލްސިލާ މިއަހަރުވެސް ކުރިއަށްޚަބަރު | 17 ގަޑިއިރު ކުރިންނިޕާ ވައިރަސް ފެތުރޭތީ ސަމާލުވާން އެޗްޕީއޭ އިން އިލްތިމާސްކޮށްފިޚަބަރު | މަހެއް ކުރިންކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި 53 މިލިއަން ރުފިޔާގެ ފެސިލިޓީއެއް އަޅަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިން