logo
MPL

MPL

ޚަބަރު

ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ސެޕްޓެމްބަރު 2026 - 16:05
ސިއްހީ ނިޒާމަށް ބޮޑު ކުރިއެރުމެއް, ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އަޅައިފި

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ އެހީގައި މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ އިން ކުރިއަށްގެންދާ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން ޢިމާރާތްކުރާ ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޑރ. ޢާއިޝަތު ރަމީލާގެ ބަދަލުގައި މިނިސްޓަރުގެ މަގާމުގައި ހުންނެވި ގީލާ ޢަލީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "މިއީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ރައްކާތެރިކަމާއި، ހިންގުންތެރިކަމާއި، ދެމެހެއްޓެނިވިކަމަށްޓަކައި ކުރެވޭ ދުރުރާސްތާގެ މުހިންމު އިންވެސްޓްމަންޓެއް" ކަމަށެވެ.

މި ފެސިލިޓީގެ ސަބަބުން ރާއްޖޭގައި ވެކްސިން ބެލެހެއްޓުމުގެ ނިޒާމް އިތުރަށް ހަރުދަނާވެގެންދާނެއެވެ. އަދި ވެކްސިނާއި، ބޭހާއި، ސިއްހީ ވަސީލަތްތަކާއި، ސިއްހީ ހިދުމަތްތަކަށް ބޭނުންވާ އެހެނިހެން ތަކެތި ރައްކާތެރިކަމާއެކު އެއްތަނެއްގައި ރައްކާކުރެވޭނެ ހާއްސަ އިންތިޒާމެއް ހަމަޖެހިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ. މީގެ ސަބަބުން ސިއްހީ ތަކެތި ފޯރުކޮށްދިނުމުގެ ނިޒާމު ވަރުގަދަވެ، އާންމު ސިއްހީ ހިދުމަތްތަކުގެ އިތުރުން ކުރިމަތިވެދާނެ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ފުރިހަމައަށް އިޖާބަދިނުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.

މި ޢިމާރާތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ އޮފީހުގެ ގޮތުގައިވެސް ބޭނުންކުރެވޭނެ އިމާރާތެކެވެ. މީގެއިތުރުން، މެންޓަލް ހެލްތު ޑިޕާޓްމަންޓާއި، ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތަކުގެ އިތުރުން މިނިސްޓްރީގެ އެހެނިހެން މުހިންމު ޓެކްނިކަލް ޑިވިޝަންތައް ހިމެނޭހެން، އާންމު ސިއްހަތާ ގުޅުންހުރި މުހިންމު ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް މި އިމާރާތް ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ބޭހާއި ވެކްސިން އަދި މެޑިކަލް އިކުއިޕްމަންޓް ރައްކާކުރުމަށް އެކަށީގެންވާ ޖާގަ ލިބިގެންދިއުމާއެކު، ކުއްޔަށް ނަގާފައިވާ ތަންތަނަށް މިނިސްޓްރީން ބަރޯސާވާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި މީގެ ސަބަބުން މަސައްކަތުގެ ހިންގުން ހަރުދަނާވެ، ދިގު މުއްދަތުގައި ދައުލަތުގެ ހަރަދުތައް ކުޑަކުރެވިގެންދާނެ ކަމަށްވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިޚަބަރު | 3 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | 4 ދުވަސް ކުރިން ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ޖެހިފައި 53 މީހުން: މިނިސްޓަރ ގީލާޚަބަރު | 4 ދުވަސް ކުރިންގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި ދަރިންނަށް ވަށާޖެހޭ އެހީ ދިނުމަށް 3 މަރުކަޒެއް ޤާއިމުކުރަނީޚަބަރު | 10 ދުވަސް ކުރިން