logo
Bank of Maldives

Bank of Maldives

ޚަބަރު

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފި

އައިޝަތު އިނާޝާ
17 ޖުލައި 2026 - 06:07
އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފި

އަތޮޅުތެރޭގެ 17 ރަށެއްގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ އައު އެމްބިއުލާންސް ރޭ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އަތޮޅު ހޮސްޕިޓަލު އަދި ސިއްހީ މަރުކަޒުތަކުގެ މަންދޫބުންނާ އެންބިއުލަންސްގެ ތަޅުދަނޑި ހަވާލު ކޮށްދެއްވީ މިނިސްޓަރު ގީލާ އަލީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއީ ރަށްރަށުގައި ހުރި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެ، ވީރާނާވެފައިވާ އެމްބިއުލާންސްތަކުގެ ބަދަލުގައި ހިދުމަތް ދިނުމަށް އަލަށް ގެނައި އުޅަނދުތަކެކެވެ.

މި ފަހަރު ގެނައި 31 އެމްބިއުލާސްގެ އަގަކީ 36.2 މިލިއަން ރުފިޔާއެވެ. މިއީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢުގެ ފަހު ބެޗު ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި މަޝްރޫޢު އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން ގެނައި ފުރަތަމަ ބެޗުގައި ހިމެނޭ 14 އެމްބިއުލާންސް ވަނީ 09 މާޗް 2026 ގައި އަތޮޅުތެރޭގެ ރަށްތަކާ ހަވާލުކޮށްފައެވެ.

މިި ހަވާލުކުރެވުނު 17 އެމްބިއުލާންސް އާއެކު، މި ސަރުކާރުން މިހާތަނަށް 87 އައު އެމްބިއުލާންސް ގެނެވި، އެމްބިއުލޭޓްރީ ޚިދުމަތްދިނުމަށް ފޯރުކޮށްދެވިފައިވާ ކަމަށް ވެސް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

 އެންބިއުލަންސް ހަވާލުކުރެވުނު ރަށްތައް:

·         ށ.ކޮމަންޑޫ

·         ށ.ފޮއްދޫ

·         ނ.ހެނބަދޫ

·         ބ.ދަރަވަންދޫ

·         ބ.ފުޅަދޫ

·         ބ.ދޮންފަނު

·         ޅ.އޮޅުވެލިފުށި

·         ވ.ފުލިދޫ

·         ވ.ކެޔޮދޫ

·         މ.ވޭވަށު

·         އއ.ބޮޑުފޮޅަދޫ

·         އއ.ހިމަންދޫ

·         އދ.ކުނބުރުދޫ

·         އދ.ދަނގެތި

·         ލ.ފޮނަދޫ

·         ގއ.ކޮނޑޭ

·         ގދ.ވާދޫ

ހެލްތް މިނިސްޓްރީން ބުނިގޮތުގައި މިއަހަރުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދާއި ސިޓީތަކުގައި ޕެރަމެޑިކް ޚިދުމަތް ދިނުމަށް އެތަންތަނަށް ބޭނުންވާ 10 ޕެރަމެޑިކް އެމްބިއުލާންސް ގެނެވި އެ ޚިދުމަތްވެސް ފެށިގެންދާނެ އެވެ. ހަމަމިއާއެކު، އެމްބިއުލާންސްގެ ޚިދުމަތް މެދުކެނޑިފައިވާ އިތުރު 4 ރަށަކަށް ބޭނުންވާ އެމްބިއުލާންސްވެސް މިއަހަރުގެ ތެރޭގައި ގެނެވި، ރަށްތަކާ ހަވާލުކުރެވިގެންދާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރު 17 ރަށަކަށް އައު އެމްބިއުލާންސް ހަވާލުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހެލްތް މިނިސްޓްރީގެ ޑިޖިޓަލް ޕޯޓަލް، "އިތާ" އިފްތިތާހުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިންރާއްޖޭގެ އާބާދީގެ މައްސަލަތަކަށް ހައްލު ހޯދުމަށް "ސްމާޓް ކެއަރ ޕޮލިސީ" ތަކެއް އެކުލަވާލަނީޚަބަރު | 5 ދުވަސް ކުރިންސިއްހަތަށްކުރާ ހޭދައަކީ ދުޅަހެޔޮ ރައްޔިތެއް ބިނާ ކުރުމަށް ކުރާ ބޮޑު އިންވެސްޓްމެންޓެއް: ޑރ. ގީލާޚަބަރު | 8 ދުވަސް ކުރިން