logo
MPL

MPL

ޚަބަރު

އެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން 60 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އިސްރާފެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޯގަސްޓު 2026 - 06:17
އެމްޑީޕީގެ ސަރުކާރުގައި ހަވާލުކުރި ސިއްހީ ދާއިރާގެ މަޝްރޫޢުތަކުން  60 މިލިއަން ރުފިޔާގެ  އިސްރާފެއް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިއްހީ ހިދުމަތްދޭ ތަންތަން އިމާރާތްކުރަން އެކި ކުންފުނިތަކާ ހަވާލުކުރި މަޝްރޫއުތައް ކުރިއަށް ނުގެންދެވި، އެއްބަސްވުންތައް ބާތިލުކުރަން ޖެހުމުގެ ސަބަބުން 60 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިސްރާފުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، ކުރީ ސަރުކާރުން ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފަށައި، ކޮންޓްރެކްޓަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށި ލަސްވުމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ގީލާ ހާމަކުރެއްވި ގޮތުގައި، މަސައްކަތް ނުފެށި ހުރުމުގެ ސަބަބުން މިހާތަނަށް 16 މަޝްރޫއެއްގެ ކޮންޓްރެކްޓް ވަނީ ބާތިލުކޮށްފައެވެ. މި މަޝްރޫއުތަކަށް އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް 60 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސިއްޙީ ޚިދުމަތުގެ ގިނަ އަދަދެއްގެ ޕްރޮޖެކްޓުތަކެއް ވަނީ ބާތިލުކުރަންޖެހިފައި. 60 މިލިޔަނަށްވުރެ ގިނަ ފައިސާ އިސްރާފުވެފައިވަނީ މިގޮތަށް އެތައް ބަޔަކާ ހަވާލުކުރެވިފައި. އެހެންނަމަވެސް އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ ޤާނޫނީގޮތުން އެ ފައިސާ ހޯދުމަށާއި އަދި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް،" ވަޒީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ކުރިއަށް ގެންދެވޭނެ ގޮތްތައް ބަލަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު މަޝްރޫއުތައް ކުރިއަށް ގެންދަނީ އެކަމަށް ބޭނުންވާ ފައިސާ ހަމަޖެހުމުން ކަމަށާއި، ރަށްރަށުގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމާއި ލެބޯޓްރީތައް ގާއިމުކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޅައިމަގު ރައްޔިތުންނަށް ބޮޑު ލުޔެއް، ސިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ދޭން ފަށައިފިޚަބަރު | 3 ދުވަސް ކުރިންހިތުގެ ދުވަސް: ހިލޭ ޓެސްޓުތަކާއި ސީޕީއާރު ތަމްރީނާއެކު ހުޅުމާލޭގައި ކުލަގަދަކޮށް ފާހަގަކޮށްފިޚަބަރު | 4 ދުވަސް ކުރިން ރާއްޖޭގައި މިވަގުތު ތިބީ އެޗްއައިވީ ޖެހިފައި 53 މީހުން: މިނިސްޓަރ ގީލާޚަބަރު | 4 ދުވަސް ކުރިންގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނާއި ދަރިންނަށް ވަށާޖެހޭ އެހީ ދިނުމަށް 3 މަރުކަޒެއް ޤާއިމުކުރަނީޚަބަރު | 10 ދުވަސް ކުރިން