ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 85 ޕަސެންޓަކީ ގައިންގަޔަށް ނާރާ ބަލިތައް، ހަކުރުބަލިން ރައްކާތެރިވާން ދުރާލާ ފިޔަވަޅު އަޅަންޖެހޭ
14 ނޮވެމްބަރު 2026 - 04:20

ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 ޕަސެންޓް މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މަރުވާ މީހުން ކަމަށާއި، އޭގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވަނީ ހަކުރުބަލީގެ ސަބަބުން ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގައިންގަޔަށް ނާރާ ބަލިތަކަކީ މިހާރު ރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އެގޮތުން 30 އޮކްޓޯބަރު 2026 އާ ހަމައަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި "ޓައިޕް 1" ޑައިބެޓީސްގެ 300 ބަލިމީހުން އަދި "ޓައިޕް 2" ޑައިބެޓީސްގެ 7,000 ބަލިމީހުން ދަނީ ފަރުވާ ހޯދަމުންނެވެ. އަދި މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ފަރުވާ ހޯދަމުންދާ ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ހަކުރުބަލި ޖެހުމަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ހަށިގަނޑު މާބޮޑަށް ފަލަވުމާއި، ހެލިފެލިވެ އުޅުން މަދުވުމުގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުން ހިމެނެއެވެ. ސްޓެޕް ސާވޭގެ ހޯދުންތަކާ ހަވާލާދީ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ފިރިހެނުންގެ 35.6 ޕަސެންޓް އަދި އަންހެނުންގެ 7.6 ޕަސެންޓް މީހުން ދުންފަތުގެ އިސްތިއުމާލުކުރާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އުމުރުން އެންމެ 8 އަހަރުގައި މި އާދަ ފަށާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
މި އަހަރުގެ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ޝިއާރަކީ "ހަކުރުބަލިން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅަމާ" (Early Action on Diabetes) އެވެ. މި ބަލިން ރައްކާތެރިވުމަށްޓަކައި ސިއްހަތަށް ފައިދާހުރި މިންހެޔޮ ކާނާ ބޭނުންކުރުމަށާއި، ކަސްރަތުކުރުން އާދަކުރުމަށާއި، ހަށިގަނޑުގެ ބަރުދަން އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އާއިލާގައި ހަކުރުބަލި ހުންނަ ނަމަ ނުވަތަ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޓެސްޓުތައް ހަދައި، ބަލި ދުރާލާ ދެ
އަޅަމުންދާ ފިޔަވަޅުތަކާއި ހަރަކާތްތައް
ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ "ނެޝަނަލް މަލްޓިސެކްޓޯރަލް އެކްޝަން ޕްލޭން 2023-2031" ގެ ދަށުން، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތްތައް ފުޅާކޮށް، ސްކްރީނިންގ ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން "ޑައިބެޓީސް މެނޭޖްމަންޓް ޕްރޮޓޮކޯލް" ތައާރަފްކުރުމުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ޑައިބެޓީސް ސޮސައިޓީ ގުޅިގެން "މޯލްޑިވްސް ސްވިމްސް ފޯ ޑައިބެޓީސް" ގެ ނަމުގައި ހާއްސަ ފެތުމުގެ ހަރަކާތެއް މިއަދު ކުރިއަށްދާނެއެވެ. އަދި ނޮވެމްބަރު 16 ގައި "އާލީ އެކްޝަން އޮން ޑައިބެޓީސް" ފޯރަމް ބޭއްވުމަށާއި، ރ. އަތޮޅުގައި ހަކުރުބައްޔަށް ސްކްރީންކުރުމާއި ހޭލުންތެރިކުރުމުގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

-01.jpg&w=3840&q=75)
