logo
MPL

MPL

ޚަބަރު

ސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކު

މުހައްމަދު މޫސާމުހައްމަދު މޫސާ
7 ނޮވެމްބަރު 2026 - 19:24
ސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކު

"މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026" ގެ މަޤުސަދު ފުރިހަމައަށް ހާސިލުކުރެވިފައިވާ ކަމަށާއި، ފާއިތުވި އަހަރުތަކާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯއަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ސިއްހީ ދާއިރާއާ ގުޅުންހުރި މުއައްސަސާތަކާއި ޖަމްޢިއްޔާ ޖަމާއަތްތަކުގެ އިތުރުން ހެލްތު ފެސިލިޓީތަކުން ދެމުންގެންދާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ބޭއްވި މި އެކްސްޕޯއަށް ގިނަ އަދަދެއްގެ އާންމުން ވަނީ ޒިޔާރަތްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްޕޯ ކުރިއަށްދިޔަ ސަރަހައްދުގައި ހުންނަވައިގެން ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ވަޒީރު ވިދާޅުވީ، މިއަހަރުގެ އެކްސްޕޯގައި ބައިވެރިވުމަށް ވަރަށް ގިނަ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އަދި މިއީ ބައިވެރިވި އެންމެހައި ފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމުގައިވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ އެކްސްޕޯގެ ސްޓޯލްތައް ފެނިގެންދިޔައީ މާ ފުރިހަމަކޮށް އަދި ފެންވަރު މަތިކޮށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ސިއްހީ ދާއިރާގެ އެކި ދާއިރާތަކާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފުރިހަމައަށް ފޯރުކޮށްދީފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސިއްހީ ހެލްޕްލައިންތަކާއި، އެކި ޚިދުމަތްތައް ހޯދުމުގައި ފުރިހަމަކުރަންޖެހޭ މަރުހަލާތަކުގެ މައުލޫމާތު ވެސް އެކްސްޕޯގެ ތެރެއިން ވަނީ ސާފުކޮށްދީފައެވެ.

އާންމުން ހޭލުންތެރިކުރުމުގެ މުހިންމު ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަންތައް ވެސް މި އެކްސްޕޯގެ ތެރެއިން ވަނީ ކުރިއަށް ގެންގޮސްފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި މި އަހަރުގެ އެކްސްޕޯއިން ލިބުނު ތަޖުރިބާއާއެކު، އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުޅާކޮށް އަދި ފުރިހަމައަށް އިންތިޒާމުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"މި ފަހަރު ލިބުނު ތަޖުރިބާގައި އަޅުގަނޑުމެންނަށް އިނގޭ ކުރެވިދާނެ ކަންތައްތައް އިތުރަށް ތަރައްގީ ކުރެވިދާނެ ކަންކަމަކީ ކޮބައިކަން. އުންމީދު މި ކުރަނީ އަންނަ އަހަރުގެ އެކްސްޕޯ މިއަށްވުރެ ފުޅާކުރެވިދާނެ ކަމަށް،" ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިއްހީ ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން, ހެލްތު އެކްސްޕޯ ނިންމާލީ ބޮޑު ކާމިޔާބީއަކާއެކުޚަބަރު | 30 މިނިޓު ކުރިންސިއްހީ ނިޒާމަށް ބޮޑު ބަދަލެއް: މާލެއާއި އަތޮޅުތަކުގެ ބޮޑެތި ހޮސްޕިޓަލްތައް އެއް ބޯޑެއްގެ ދަށަށްޚަބަރު | 5 ދުވަސް ކުރިންކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | 9 ދުވަސް ކުރިންލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފިޚަބަރު | 19 ދުވަސް ކުރިން