logo
MPL

MPL

ޚަބަރު

ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
19 އޮކްޓޯބަރު 2026 - 18:28
ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފި

ރާއްޖޭގައި ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ޚިދުމަތްތަކުގެ ރައްކާތެރިކަމާއި ފެންވަރު ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ޤައުމީ މިންގަނޑުތަކަކާއި އުސޫލުތަކެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

މި ލިޔެކިޔުންތައް އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޞިއްޙަތާ ބެހޭ ވުޒާރާއިން މިއަދު އިފްތިތާޙުކޮށްފައިވަނީ "ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަދި "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" އެވެ. މިއީ ރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު އައު ހަރުފަތަކަށް ގެންގޮސްދޭނެ ވަރަށް ބޭނުންތެރި މިންގަނޑުތަކެއް ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.

މި އުސޫލުތައް ތަޢާރަފުކުރުމަކީ ރާއްޖޭގައި ލޭ އެޅުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށާއި، ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ އިތުރުން ޞިއްޙީ ނިޒާމަށް ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު ބޮޑުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އަލަށް އެކުލަވައިލެވުނު "ނޭޝަނަލް ސްޓޭންޑަރޑްސް ފޮރ ބްލަޑް ބޭންކްސް އެންޑް ބްލަޑް ޓްރާންސްފިއުޝަން ސަރވިސަސް" އަކީ ރާއްޖޭގައި ހިންގާ ހުރިހާ ބްލަޑް ބޭންކުތަކަކާއި ލޭ އެޅުމުގެ ޚިދުމަތް ދޭ އެންމެހައި މަރުކަޒުތަކުގެ ފެންވަރާއި ރައްކާތެރިކަން އަދި އެއްހަމަކަން ކަށަވަރުކުރުމަށް އެކުލަވާލެވުނު ޤައުމީ އޮނިގަނޑެކެވެ. އަދި "ނޭޝަނަލް ގައިޑްލައިން އޮން ބްލަޑް ޑޮނަރ އެސެސްމެންޓް އެންޑް ސެލެކްޝަން ޕްރޮސީޖަރ" ގެ ސަބަބުން، ލޭ ހަދިޔާކުރާ ފަރާތްތަކުގެ ޞިއްޙީ ފެންވަރު ވަޒަންކުރުމާއި، ލޭ ލިބިގަންނަ ބަލިމީހާގެ ރައްކާތެރިކަން އެންމެ މަތީ ދަރަޖައިގައި ހިފެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ.

މި ލިޔެކިޔުންތައް އެކުލަވާލުމުގައި ޓެކްނިކަލް ވަރކިންގ ކޮމިޓީތަކުގެ އިތުރުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއު.އެޗް.އޯ)، އިންޓަރނޭޝަނަލް ސޮސައިޓީ އޮފް ބްލަޑް ޓްރާންސްފިއުޝަން، ދަ ހޮންކޮންގ ރެޑް ކްރޮސް ބްލަޑް ޓްރާންސްފިއުޝަން ސަރވިސް، އަދި ތައިލެންޑުގެ ނޭޝަނަލް ބްލަޑް ސެންޓަރުން ވަނީ ފަންނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި އެހީތެރިކަން ފާހަގަކޮށް ނޭޝަނަލް ބްލަޑް ކައުންސިލުން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | ދުވަހެއް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | ދުވަހެއް ކުރިންސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިޚަބަރު | 7 ދުވަސް ކުރިން