logo
MPL

MPL

ޚަބަރު

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2026 - 09:51
ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ ރީޖަނަލް ރިވިއު ކޮމިޓީ މީޓިންގް އޮން ޕެންޑަމިކް ޕްރިޕެއާރޑްނަސް ހެލްތު ސެކިއުރިޓީ ބައްދަލުވުން ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު ދިވެހިރާއްޖޭގައި މިއަދު ފަށައިފިއެވެ.

މިއަދުން ފެށިގެން މި މަހުގެ 22 ގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި މަތީ ފަންތީގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޑރ. ގީލާ އަލީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. ސަރަހައްދީ ސިއްހީ ދާއިރާގެ އިސްވެރިންނާއި މާހިރުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގެ މައިގަނޑު މަގުސަދަކީ "ޕެންޑެމިކް އިންފްލުއެންޒާ ޕްރިޕެއާޑްނަސް" (ޕީ.އައި.ޕީ) ފްރޭމްވޯކާއި، "ޕްރިޕެއާޑްނަސް އެންޑް ރެޒިލިއަންސް ފޯ އިމަރޖިންގ ތުރެޓްސް" (ޕްރެޓް) އިސްނެގުމުގެ އިތުރުން، ޑަބްލިއު.އެޗް.އޯ ޖީ.އައި.އެސް.އާރް.އެސް ޔުނިޓީ ސްޓަޑީޒް ތަންފީޒުކުރަމުންދާ މިންވަރު ވަޒަންކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގައުމީ ފެންވަރުގެ ލީޑަރެއްގެ ހައިސިއްޔަތުންނާއި، ޑަބްލިއު.އެޗް.އޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދު ތަމްސީލުކުރައްވާ "ޕެންޑެމިކް ފަންޑް" ބޯޑުގެ މެންބަރެއްގެ ހައިސިއްޔަތުން ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ގީލާ ވަނީ ސަރަހައްދީ އެއްބައިވަންތަކަން ދެމެހެއްޓުމާއި، ސިއްހީ ނިޒާމުތައް ހަރުދަނާކޮށް މޮނިޓަރކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުރިމަތިވެދާނެ ބަލިމަޑުކަމަކުން ރައްކާތެރިވުމަށްޓަކައި ދުރާލައި ގިނަ ދާއިރާތަކެއް އެކުލެވޭ ޕްލޭންތަކެއް އެކުލަވައިލުމަށް ވެސް މިނިސްޓަރު ބާރުއެޅުއްވިއެވެ.

މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމުގެ ސަބަބުން ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއަށް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އެގޮތުން 2026 އިން 2031 އަށް ކަނޑައަޅާފައިވާ ސަރަހައްދީ ރޯޑްމެޕްތަކާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމުގެ ފުރުސަތު ލިބި، އިންފްލުއެންޒާ އަދި ނޭވާލާ ނިޒާމަށް ޖެހޭ ސީރިއަސް ބަލިތައް (SARI/ILI) ދެނެގަތުމާ ގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ. މީގެ އިތުރުން 'ޕެންޑަމިކް ފަންޑް' ބޯޑުގައި ރާއްޖެ ތަމްސީލުކުރަމުންދާތީ، ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ހާއްސަ ގޮންޖެހުންތަކަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި ފަންނީ އެއްބާރުލުން ހޯދުމަށް ފަހިވެގެންދާނެއެވެ.

ހަމައެއާއެކު، ޔޫ.ކޭ ހެލްތު ސެކިއުރިޓީ އެޖެންސީ (UKHSA) އާއި ޑަބްލިއު.އެޗް.އޯގެ މަރުކަޒުތަކުގެ މާހިރުންނާއެކު މަސައްކަތްކުރުމުގެ ފުރުސަތު ފަހިވުމުން، ރާއްޖޭގެ ސިއްހީ ދާއިރާގެ މުވައްޒަފުންގެ ތައްޔާރީތަކާއި، ލެބޯޓްރީ ތަހުލީލުތަކުގެ ފެންވަރުގެ އިތުރުން ކްލިނިކަލް ރިސާޗް ނެޓްވޯކްތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.

ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބައްދަލުވުމަކީ، ދުނިޔެއަށް ކުރިމަތިވި ސިއްހީ ބަލިމަޑުކަމުގެ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ އާންމު ސިއްހަތު ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 2 ގަޑިއިރު ކުރިންސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިޚަބަރު | 6 ދުވަސް ކުރިންލެބް ރިޕޯޓް ބޭނުންކޮށްގެން ކާބޯތަކެތި އިޝްތިހާރުކުރުން މަނާޚަބަރު | 6 ދުވަސް ކުރިން