logo
MPL

MPL

ޚަބަރު

ރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޮކްޓޯބަރު 2026 - 08:45
ޗައިނާއަށް ފުރި ވަފްދު، ފޮޓޯ: ޗައިނާ ސަފީރު
ޗައިނާއަށް ފުރި ވަފްދު، ފޮޓޯ: ޗައިނާ ސަފީރު

ރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ރަސްމީ ދަތުރެއްގައި ޗައިނާގެ ސިޗުއާން ޕްރޮވިންސަށް މިއަދު ފުރައިފިއެވެ.

މި ދަތުރުގައި ބައިވެރިވާ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަން ހާމަކުރައްވައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއުންހުއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަސް ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގައި، ސިއްހީ ދާއިރާއާ ގުޅުންހުރި މުހިންމު މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވާ ކަމަށެވެ. އެގޮތުން ހެލްތު މިނިސްޓްރީގެ އިތުރުން މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އާއި، މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް (އެމްއެންއެމްސީ) ގެ އިތުރުން އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ އިސް ފަރާތްތައް ވަފުދުގައި ހިމެނެއެވެ.

ފަސް ދުވަހުގެ މި ދަތުރުގެ ތެރޭގައި ސިޗުއާންގެ މަޝްހޫރު ހޮސްޕިޓަލްތަކަށާއި، މެޑިކަލް ސްކޫލްތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް ޒިޔާރަތްކޮށް، އެ ދާއިރާތަކުގެ އިދާރާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

 

View post on Twitter

 

ސަފީރު ކޮންގް ޝިއުންހުއާ ވިދާޅުވި ގޮތުގައި، މި ދަތުރުގެ ސަބަބުން ސިޗުއާންގެ ސިއްހީ އިދާރާތަކާއި ރާއްޖޭގެ ވަފުދާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ. އަދި ޗައިނާގެ ސިއްހީ ހިދުމަތްތަކާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން، ބޭހާއި ސިއްހީ އާލާތްތަކާ ގުޅޭގޮތުން އެ ގައުމުގެ ތަޖުރިބާތައް ދިވެހި ވަފުދަށް ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އެކި ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރެވޭނެ ދާއިރާތައް ދެނެގަތުމަށް މި ދަތުރުގެ ސަބަބުން މަގުފަހިވާނެ ކަމަށް ވިދާޅުވެ، ސަފީރު ވަނީ ދިވެހި ވަފުދުގެ ދަތުރަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 41 މިނިޓު ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 2 ގަޑިއިރު ކުރިންސިއްޙީ ދިރާސާތައް ކުރިއަރުވަން 'މޯލްޑިވްސް ހެލްތު ރިސާރޗް ބުލެޓިން' ނެރެފިޚަބަރު | 6 ދުވަސް ކުރިންލެބް ރިޕޯޓް ބޭނުންކޮށްގެން ކާބޯތަކެތި އިޝްތިހާރުކުރުން މަނާޚަބަރު | 6 ދުވަސް ކުރިން