logo
MPL

MPL

ޚަބަރު

ކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 އޮކްޓޯބަރު 2026 - 13:07
ކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފި

ދިވެހިރާއްޖޭގައި ކެންސަރު ބަލި ދެނެގަތުމާއި ފަރުވާދިނުމުގެ ޚިދުމަތްތައް ފުޅާކުރުމަށްޓަކައި، ހުޅުމާލޭގައި އޮންކޮލޮޖީއަށް ޚާއްސަ ޑައިގްނޯސްޓިކް މަރުކަޒެއް (ޑީ.ސީ.އޯ.އެސް) ގާއިމުކުރުމުގެ ފަހުމުނާމާގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހުޅުމާލެ ހޮސްޕިޓަލާއި، އިނގިރޭސިވިލާތުގެ ކުއާންޓަމް ހައިޓްސް ލިމިޓެޑް އަދި އިންޑިއާގެ އެން ވެސްކިއުލާ ޓެކްނޮލޮޖީ ޕްރައިވެޓް ލިމިޓެޑާ ދެމެދުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިއްޔެ ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، މިނިސްޓްރީ އޮފް ހެލްތާއި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުގެ އިސް މަންދޫބުންގެ އިތުރުން ސިއްހީ ދާއިރާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫއަކީ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިކޮށް، ކެންސަރުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު މަސައްކަތެކެވެ.

ހުޅުމާލޭގައި ގާއިމުކުރާ މި މަރުކަޒުގައި އެމަޖެންސީ ޚިދުމަތްތަކާއި، އައިސީޔޫ، އެނދުމަތިކޮށްގެން ފަރުވާދޭ ވޯޑުތަކުގެ އިތުރުން އޮޕަރޭޝަން ތިއޭޓަރުތަކާއި ކީމޯތެރަޕީ ދޭ ނިޒާމުތައް އެކުލެވިގެންވާނެއެވެ. އަދި ތްރީ-ޑީ ސީއާރްޓީ (3D CRT)، އައިއެމްއާރްޓީ (IMRT) އަދި އައިޖީއާރްޓީ (IGRT) ފަދަ ޒަމާނީ އެކްސްޓަރނަލް ބީމް ރޭޑިއޯތެރަޕީއާއި، ބްރެކީތެރަޕީ، ސީޓީ ސިމިއުލޭޝަން އަދި ކެންސަރު އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން މި މަރުކަޒުން ފޯރުކޮށްދޭނެއެވެ. މީގެ އިތުރުން މަރުހަލާތަކަކަށް ބަހާލައިގެން ނިއުކްލިއަރ މެޑިސިން އަދި ޕެޓް-ސީޓީ (PET-CT) ފަދަ ޒަމާނީ ވަސީލަތްތައް ވެސް މި މަރުކަޒުގައި ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަރުވާގެ މުޅި ނިޒާމު ހަރުދަނާކުރުމުގެ ގޮތުން ޕެލިއޭޓިވް ކެއަރއާއި، މަލްޓިޑިސިޕްލިނަރީ ޓިއުމަރ ބޯޑުތަކުގެ އެހީގައި ފަރުވާ ރޭވުމާއި، ބަލިމީހުން ދިގު މުއްދަތަކަށް މޮނިޓަރކުރެވޭނެ އިންތިޒާމުތައް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. އަދި މި މަރުކަޒު ފަރުމާކުރެވިގެންދާނީ ރޭޑިއޭޝަން ފަރުވާއަށް ބޭނުންވާ ޚާއްސަ އިންފްރާސްޓްރަކްޗަރާއި، ޒަމާނީ މެކޭނިކަލް އަދި އިލެކްޓްރިކަލް ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާ އެއްގޮތަށެވެ.

ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ މި މަޝްރޫއުގެ މަސައްކަތް 2026 ވަނަ އަހަރު ފަށައި، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މުޅިން ނިންމައި ޚިދުމަތް ދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި މުއްދަތުގެ ތެރޭގައި އިމާރާތް ބިނާކުރުމާއި، މެޑިކަލް އިކުއިޕްމަންޓް އިންސްޓޯލްކުރުމުގެ އިތުރުން، ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްރީނުކުރުމާއި އޮޕަރޭޝަނަލް ކޮމިޝަނިންގގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކެންސަރު ބަލި ދެނެގަނެ ފަރުވާދޭނެ ޒަމާނީ ބޮޑު މަރުކަޒެއް ހުޅުމާލޭގައި ގާއިމުކުރަން ސޮއިކޮށްފިޚަބަރު | ގަޑިއިރެއް ކުރިންލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފިޚަބަރު | 10 ދުވަސް ކުރިންބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 11 ދުވަސް ކުރިންރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް ފުރައިފިޚަބަރު | 11 ދުވަސް ކުރިން