logo
MPL

MPL

ޚަބަރު

ނުރައްކާތެރި ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް ތިރިކޮށް، އެވޯޑް ހޯދައި ރާއްޖެއިން މުޅި ސަރަހައްދަށް ނަމޫނާއަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ސެޕްޓެމްބަރު 2026 - 09:13
ނުރައްކާތެރި ބަލިތަކުން މަރުވާ މީހުންގެ ނިސްބަތް ތިރިކޮށް، އެވޯޑް ހޯދައި ރާއްޖެއިން މުޅި ސަރަހައްދަށް ނަމޫނާއަކަށް

ހިތުގެ ބަލިތަކާއި، ކެންސަރާއި، ހަކުރުބަލި އަދި ނޭވާލާ ނިޒާމުގެ ދާއިމީ ބަލިތަކުގައި ދޮށީ އުމުރަށް ދިއުމުގެ ކުރިން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސްޑީޖީ) ސުންގަޑީގެ ކުރިން ހާސިލުކުރުމާއި، މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ޓެޓެނަސް ބަލި ނައްތާލުމުގައި ދަމަހައްޓާފައިވާ ކާމިޔާބީ ފާހަގަކޮށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ރާއްޖެއަށް ޚާއްސަ އެވޯޑެއް އަރުވައިފިއެވެ.

މި އެވޯޑު ދިވެހިރާއްޖެއަށް އަރުވާފައިވަނީ ޓިމޯ ލެސްޓޭގައި މިހާރު ކުރިއަށްދާ ޑަބްލިޔުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ސަރަހައްދީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިންނެވެ. މި އެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ޞިއްޙަތާ އާއިލާއާއި އިޖުތިމާއީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. އެވޯޑު ހަވާލުކޮށްދެއްވީ ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޮސް އަދޮނަމް ގެބްރިޔޭސަސްއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދޮށީ އުމުރަށް ދިއުމުގެ ކުރިން ގައިން ގަޔަށް ނާރާ މިފަދަ ބަލިތަކުގައި މަރުވާ މިންވަރު މަދުކުރުމަށް އެސްޑީޖީގެ ދަށުން ކަނޑައަޅާފައިވަނީ 2030 ވަނަ އަހަރަށެވެ. ނަމަވެސް ސުންގަޑީގެ ހަތަރު އަހަރު ކުރިން ރާއްޖެއިން މި ލަނޑުދަނޑި ހާސިލުކޮށްފައިވާއިރު، މިއީ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުން މި ލަނޑުދަނޑި ހާސިލުކުރި ހަމައެކަނި ޤައުމެވެ. މީގެ އިތުރުން މައިންނާއި އުފަންވާ ކުދިންނަށް ޖެހޭ ޓެޓެނަސް ބަލި ނައްތާލެވިފައިވާކަން ކަށަވަރުކުރެވުނުތާ 10 އަހަރުވެ، އެކަން ދަމަހައްޓާފައިވާތީވެސް ޑަބްލިޔުއެޗްއޯއިން ވަނީ ރާއްޖޭގެ މަސައްކަތް ބަލައިގަނެ އަގުވަޒަންކޮށްފައެވެ.

 

View post on Twitter

 

ހެލްތު މިނިސްޓްރީން ބުނިގޮތުގައި، މި ބައްދަލުވުމުގެ ހަވާސާގައި ކުރިއަށްދިޔަ މަޝްވަރާތަކުގައި ޕެނަލިސްޓެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ނާޝިޔާ އަބްދުލްޣަފޫރު ވަނީ ބަލިތައް ނައްތާލުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާއި، ޚިދުމަތްތަކުގެ ފެންވަރާއި ހަމަހަމަކަން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި މި ކާމިޔާބީތަކަކީ ސަރުކާރާއި މުޅި މުޖުތަމަޢު ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާއެވެ.

މީގެކުރިންވެސް ސިއްޙީ ދާއިރާގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކުގެ އަގު ޑަބްލިޔުއެޗްއޯއިން ވަޒަންކޮށްފައިވެއެވެ. އެގޮތުން ދުންފަތާއި ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޚާއްސަ އެވޯޑެއް އަރުވާފައިވާއިރު، މައިންގެ ފަރާތުން ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް-ބީ ނުޖެހޭ ފުރަތަމަ ޤައުމަކަށް ވުމުގެ ޝަރަފުވެސް ރާއްޖެއިން ވަނީ ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދަނީޚަބަރު | 12 ދުވަސް ކުރިންމޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026، ނޮވެމްބަރު 5 އިން 7 އަށް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފިޚަބަރު | 14 ދުވަސް ކުރިންލޭ ހަދިޔާކުރުމާއި ލޭ އެޅުމުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ ގައިޑްލައިނެއް ތަޢާރަފުކޮށްފިޚަބަރު | 22 ދުވަސް ކުރިންބައިނަލްއަގުވާމީ 42 މަންދޫބުންނާއެކު، ޑަބްލިއުއެޗްއޯގެ ސަރަހައްދީ ސިއްހީ ބައްދަލުވުން ރާއްޖޭގައި ފަށައިފިޚަބަރު | 23 ދުވަސް ކުރިން