މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026، ނޮވެމްބަރު 5 އިން 7 އަށް ހުޅުމާލޭގައި ބޭއްވުމަށް ނިންމައިފި
27 އޮކްޓޯބަރު 2026 - 04:48

މޯލްޑިވްސް ހެލްތު އެންޑް ފެމިލީ އެކްސްޕޯ 2026، ނޮވެމްބަރު މަހުގެ 5 އިން 7 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން އިޢުލާނުކޮށްފިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި އެކްސްޕޯގައި، ޞިއްޙީ މަޢުލޫމާތު ފޯރުކޮށްދޭ ސްޓޯލްތަކާއި، ތަފާތު ހަރަކާތްތަކާއި، މުނިފޫހިފިލުވުމުގެ އައިޓަމްތަކުގެ އިތުރުން ގޭމްތަކާއި އިނާމު ހޯދުމުގެ ފުރުޞަތުތައް ހިމެނޭނެއެވެ. މިއީ އާއިލާތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ގިނަގުނަ ހަރަކާތްތަކެއް ހިމަނައިގެން ކުރިއަށްގެންދާ ފެއާއެކެވެ.
މި އެކްސްޕޯގެ ޒިޔާރަތތެރިންނަށް ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމާ ގުޅޭ މުހިންމު މަޢުލޫމާތުތައް ލިބުމުގެ އިތުރުން، ޞިއްޙަތަށް ފައިދާހުރި ކާނާގެ ބާވަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމާއި، ދުޅަހެޔޮ ދިރިއުޅުމަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ފެއާގެ ތެރެއިން އާއިލާތަކަށް، ޚާއްޞަކޮށް ކުޑަކުދިންނަށް އުނގަންނައިދިނުމާއި މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކުގައި ބައިވެރިވުމުގެ މަގު ފަހިވެގެންދާނެއެވެ.
Ministry of Health, Family and Welfare on X: "Get ready for three days of health, fun, and excitement! Explore informative stalls, enjoy entertainment activities, take part in exciting games, win prizes, discover healthy food — and much more at the Maldives Health & Family Expo 2026! 📅 November… / X

-01.jpg&w=3840&q=75)
