logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
27 އޭޕްރީލު 2026 - 08:06
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފި

 

ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލަތަކުގެ ހައްސާސްކަމަށް ރިއާޔަތްކުރައްވައި، ސަރުކާރުގެ ބަޖެޓުން މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރަން ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ނަފުސާނީ ދުޅަހެޔޮކަމުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައި ބޮޑުވަމުން އަންނަ މައްސަލައެއް ނަމަވެސް، މިހާތަނަށް އެކަށީގެންވާ ފަރުވާގެ ނިޒާމެއް ގާއިމުކުރެވިފައި ނުވާ ކަމަށެވެ. އެގޮތުން ލ. ގަމުގައި ބޭރުގެ ލޯނު އެހީގައި ތަރައްގީކުރާ މެންޓަލް ހެލްތު ހޮސްޕިޓަލުގެ އިޖުރާއަތްތަކަށް ގިނަ ވަގުތު ހޭދަވާނެތީ، މި އަހަރުގެ ބަޖެޓުގެ ނިއު ޕޮލިސީ އިނީޝިއޭޓިވްގެ ތެރެއިން މާލޭ ސަރަހައްދުގައި މިފަދަ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހޮސްޕިޓަލް ގާއިމުކުރެވެންދެން މިހާރުން މިހާރަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ގާބިލިއްޔަތު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. މީގެ ބޭނުމަކީ މިހާރުން މިހާރަށް ފަރުވާ ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމެވެ.

ނަފުސާނީ ސިއްހަތާ ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "އެންޓި ބުލީއިންގ" ގާނޫނަކާއި ނަފުސާނީ ދުޅަހެޔޮކަމާ ބެހޭ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ގާނޫނުގެ ދަށުން ބުލީކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޖިނާއީ އިޖުރާއަތްތައް ހިންގޭނެ ގޮތްތައް ބަޔާންކުރެވޭނެއެވެ.

މީގެ އިތުރުން، ސްކޫލްތަކާއި، ވަޒީފާގެ މާހައުލު އަދި ސިއްހީ މަރުކަޒުތަކުގައި ބުލީކުރުން ހުއްޓުވުމަށް ހާއްސަ ސިޔާސަތުތަކެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ މުޖުތަމައުގެ ނަފުސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅާ މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަން ސަރުކާރުން ނިންމައިފިޚަބަރު | ގަޑިއިރެއް ކުރިންއޮގަސްޓް މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ހިސާބަކަށް އާރުޓީއެލްގެ ޚިދުމަތް ފަށަނީޚަބަރު | 2 ގަޑިއިރު ކުރިންްއެމްޑީޕީން ރަހުނުކުރި ހަރުމުދާތައް ސަލާމަތްކޮށް 924 މިލިޔަން ޑޮލަރުގެ ދަރަނި ދައްކައިފިޚަބަރު | 2 ގަޑިއިރު ކުރިންއިތުރު ތިން ޖީޕީ ކްލިނިކެއް ހުޅުވަނީޚަބަރު | 3 ގަޑިއިރު ކުރިން