ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާ ކުރާ ތާރީހު ޖޫން 2031 އަށް
19 ސެޕްޓެމްބަރު 2026 - 11:24

ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީޚު ޖޫން 2031 އަށް ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.
އެންވަޔަރަނަމަންޓް މިނިސްޓްރީގެ މަޝްވަރާއާއެކު ގެނައި މި އިސްލާހުގެ ދަށުން، ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުން މަނާކުރާ ތާރީޚު ޖޫން 2، 2021 އިން ޖޫން 2031 އަށް ބަދަލުކޮށްފައިވާއިރު، އެ ތަކެތި ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީޚު ވަނީ ޑިސެމްބަރު 19، 2031 އަށް ފަސްކޮށްފައެވެ.

Ad by Hajj Corporation
މި ގޮތަށް ނިންމާފައި ވަނީ ކަރުދާސް ހޮޅި ބޭނުންކުރުމުގައި އާންމުންނަށް ދިމާވި ދަތިތަކަށް ވިސްނައި، ފެންވަރު ރަނގަޅު ދެމެހެއްޓެނިވި ބަދަލެއް މާކެޓަށް ގެނައުމަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ. އަދި ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން މި އިސްލާހުތައް ގެނެސް މިހާރު ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.
ސަރުކާރުގެ މައިގަނޑު އަމާޒަކީ ތިމާވެށި ރައްކާތެރިކުރުމުގެ ލަނޑުދަނޑިތައް ހާސިލުކުރާއިރު، ރައްޔިތުންގެ ދިރިއުޅުމަށާއި އިގްތިސާދަށް ކުރިމަތިވާ ހުރަސްތައް ނައްތާލައިގެން ކުރިއަށް ދިއުން ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.


