logo
MPL

MPL

ޚަބަރު

ޕީއެންސީ މެމްބަރުންގެ އަދަދު 80،000އަށް ވުރެ މައްޗަށް

އަޙުމަދު ރަމީޒު
18 ސެޕްޓެމްބަރު 2026 - 20:27
ޕީއެންސީގެ މަތީ މަޖިލީހަށާއި ލީޑަޝިޕަށް އާ ދައުރަކަށް ހޮވުނު މެންބަރުން ރައީސްގެ ކުރިފުޅުމަތީގައި އިގުރާރު ވަނީ
ޕީއެންސީގެ މަތީ މަޖިލީހަށާއި ލީޑަޝިޕަށް އާ ދައުރަކަށް ހޮވުނު މެންބަރުން ރައީސްގެ ކުރިފުޅުމަތީގައި އިގުރާރު ވަނީ

ވެރިކަން ކުރާ ޕާޓީ -- ޕީއެންސީ މެމްބަރުންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރައިފި އެވެ.

ޕީއެންސީގެ މެންބަރުންގެ ޖުމްލަ އަދަދު މިރޭ އިއުލާންކުރެއްވީ އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ސޯޝަލް ސެންޓަރުގައި ޕީއެންސީގެ ކޮންގްރެސް ނިންމުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މީގެ ދެ އަހަރު ކުރިން ޕީއެންސީގައި ތިބީ 3،000 މެމްބަރުން ކަމަށެވެ. އެކަމަކު ޕާޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު މިރޭގެ ނިޔަލަށް އެ ޕާޓީގައި 80،803 މެމްބަރުން އެބަތިބި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުވެގެން ދިއުމަކީ މަސައްކަތްތަކަށް ލިބޭ ހިތްވަރަކަށް ވާނެ ކަމަށެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވުމަކީ ރައްޔިތުން އެ ޕާޓީގެ ފަލްސަފާ ގަބޫލުކުރާކަން އަންގައިދޭ ކަމެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

"އިރާދަކުރެވިއްޔާ ފަތުއަޑުގައި ދަމުން ދަމުން ގޮސް 100،000 އަށް ވުރެ ވެސް މައްޗަށް ދާނެ ކަމަށް ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

ޕީއެންސީއަކީ މިހާރު ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ. ޕީއެންސީގެ ކޮންގްރެސްގައި މިރޭ ވަނީ އެ ޕާޓީގެ މަތީ މަޖިލީހަށާއި ލީޑަޝިޕަށް އާ ދައުރަކަށް ހޮވުނު މެންބަރުން އިގުރާރުވެފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 17 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ދުވަހެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | ދުވަހެއް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން