logo
MPL

MPL

ޚަބަރު

ހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
3 ނޮވެމްބަރު 2026 - 19:12
ހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސް

ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ޤައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ޤައުމު ސަލާމަތްކޮށް އިޤްތިޞާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ބޭއްވި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެ ފަރާތްތަކުގެ ޤުރުބާނީގެ އަގު ވަޒަންކުރައްވާފައެވެ. ދިވެހި ތާރީޚު ދުށް ހުރިހާ ޝަހީދުން ވެސް ޚިޔާރުކުރެއްވީ ދިވެހި ވަޠަން ކަމަށާއި، އިސްކަން ދެއްވީ ޤައުމުގެ މިނިވަންކަމާއި ހަމަޖެހުމާއި ކުރިއެރުމަށްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ޕޯޗުގީޒުންނާއި މަލާބާރީންގެ ޙަމަލާތަކާއި ބޮޑުހުޅުގެ ހާދިސާ އަދި ނޮވެންބަރު 3 ގެ ޢުދުވާނުގެ އަޑީގައި ވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިން ކަމަށެވެ. އަދި ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާއްޖަވެރިކަން ކަމަށާއި، ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމުގައި ހަނދާންކޮށްދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނޮވެންބަރު 3 ގެ ޢުދުވާނަށް 38 އަހަރު ފާއިތުވެ، އެ ހާދިސާ ނުދެކޭ ދެ ޖީލެއް އުފެދިފައިވާކަން ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށްޓަކައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކުގެ ބިންގާ ގުޅެނީ ޤައުމުގެ މިނިވަންކަމާއި އިޤްތިޞާދީ ފުދުންތެރިކަމާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައްޔިތުންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދެވޭނީ އިޤްތިޞާދީ މިނިވަންކަން ޤާއިމުވެގެން ކަމަށާއި، ޤައުމެއްގެ އަމިއްލަ ބަސް ބުނެ، ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ އިޤްތިޞާދެއް ބިނާކުރެވިގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ފައިސާ ޗާޕުކުރުން ހުއްޓާލައި ދައުލަތުގެ ދަރަނި ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާ ކަމަށާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަޤްވާމީ މައިދާނުގައި ފެށިފައިވާ ކަމަށެވެ. މީގެއިތުރުން ޤައުމީ ދިފާޢީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، ވަޠަނީ ޚިދުމަތުގެ ދަށުން 1,000 އަށްވުރެ ގިނަ ޒުވާނުން ދަސްވެނިވެ ވަޒީފާގެ މައިދާނަށް ނުކުމެފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ތަޤުރީރު ނިންމަވާލައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ޤައުމީ ބަހާތަކަށް ދިރުން ދީ، ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަމާއި މިނިވަންކަން ޙިމާޔަތްކުރުމަށް ކަމަށެވެ. އަދި ސިޔާސީ ޖަޒުބާތުތަކާއި ޒާތީ އަރާރުންތަކުގެ ކުރިޔަށް ޤައުމީ މަޞްލަޙަތު ނެރެ، ދަރަނީގެ އަޅުވެތިކަމުން މިންޖުވެ ފުދުންތެރި މުސްތަޤުބަލަކަށް އަމާޒު ހިފުމަށް މުޅި ޤައުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | ގަޑިއިރެއް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ގަޑިއިރު ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 8 ގަޑިއިރު ކުރިންނަޞްރުގެ ދުވަސް: ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | 18 ގަޑިއިރު ކުރިން