logo
MPL

MPL

ޚަބަރު

އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފި

އައިޝަތު ނަޝާ
3 ނޮވެމްބަރު 2026 - 12:23
އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފި

ނަސްރުގެ ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރިއަށް ގެންދިޔަ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާ ގެ ދެކަނބަލުން ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ، ޖުމްހޫރީ މައިދާން ސަރަހައްދުގައެވެ.

އަސްކަރީ ހުށައެޅުންތައް ޝަރަފްވެރިކޮށްދެއްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނުގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓުގެ ވަޒީރުންނާއި، ދައުލަތުގެ އިސްވެރިންނާއި އަދި ދައުވަތު އެރުވިގެން ވަޑައިގެން ތިއްބެވި އިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އަސްކަރީ ހުށައެޅުންތަކުގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުން ކުރާ މަސައްކަތްތަކާއި އަދި ނަސްރުގެ ދުވަހާއި ގުޅުންހުރި ތަފާތު ހުށައެޅުންތައް ހުށައަޅައިދީފައިވެއެވެ.

އަސްކަރީ ހަރަކާތްތަކުގެ ތެރޭގައި ޤައުމީ ދިފާއީ ބާރުގެ އެކިއެކި ބަހާތަކުގެ ޔުނިފޯމްތަކާއި، އުޅަނދުތައް ވަނީ ދައްކާލާފައެވެ. އެއްގަމާއި ކަނޑުމަގުން ޚިދުމަތް ދިނުމަށް ސިފައިން ގެންގުޅޭ އެކިއެކި އުޅަނދުތައް މި ހަރަކާތުގެ ތެރެއިން ދައްކާލިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ގަޑިއިރު ކުރިންނަޞްރުގެ ދުވަސް: ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފިޚަބަރު | 11 ގަޑިއިރު ކުރިންދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ސިފައިން ކުރި ޖިހާދުން އިބުރަތް ލިބިގަންނަންޖެހޭ: ރައީސްޚަބަރު | 12 ގަޑިއިރު ކުރިންމޯލްޑިވްސް އެކްސްޕޯ ވަރަށް ކާމިޔާބު, އަމާޒަކީ ކްރިއޭޓިވް އިންޑަސްޓްރީ %15 އަށް ގެންދިއުންޚަބަރު | 18 ގަޑިއިރު ކުރިން